ޚަބަރު

ޕްރައިމަރީގައި ވާދަކުރެއްވި ހުރިހާ ކެންޑިޑޭޓުން އެކުގައި މަސައްކަތްކުރުން މުހިއްމު: ސޯލިހު

އަލީ ސަމާޙް ، ދެން އޮންލައިން
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު/ ފޮޓޯ: ދެން

މިއަދު އެމްޑީޕީން ކުރިއަށްގެންދިޔަ މަޖިލިސް ޕްރައިމަރީން ނާކަމިޔާބީއާ ކުރިމަތިވި ކެންޑިޑޭޓުން، އިންތިހާބު ކާމިޔާބުކުރި ކެންޑިޑޭޓުންނާ ގުޅިގެން ކުރިއަށް ދިއުމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެދިވަޑައިގެންފިއެވެ.

Ads by MWSC

އެކްސްގައި ލިޔުއްވި ޕޯސްޓެއް ސޯލިހު ވަނީ ޕްރައިމަރީން ދާއިރާތައް ކާމިޔާބު ކުރެއްވި ހުރިހާ ބޭފުޅުންނަށް މަރުހަބާ ދަންނަވާފައެވެ.

ވާދަކުރެެއްވި ހުރިހާ ބޭފުޅުން އެކީގައި މަސައްކަތްކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށް ވިދާޅުވިއެވެ. އަދި ޕްރައިމަރީ އޮމާންކޮށް ރާވައި ކުރިއަށް ގެންދިޔުމުގައި ހަރަކާތްތެރިވި ޕާޓީގެ ހުރިހާ ފަރާތްތަކާއި ވޯޓުލީ ހުރިހާ މެންބަރުންނަށް ސޯލިހު ވަނީ ޝުކުރު އަދާކުރައްވާފައެވެ.

އެމްޑީޕީ ޕްރައިމަރީގައި މިހާރު މެމްބަރުކަން ކުރައްވަމުން ގެންދަވާ ގިނަ މެމްބަރުންތަކެއް ޓިކެޓް ކަށަވަރުކޮށްފައިވެއެވެ. އެމްޑީޕީން ނިންމާފައިވަނީ  މަޖިލިސް އިންތިހާބުގައި ހުރިހާ ދާއިރާއަކަށް ވާދަކުރުމަށެވެ. ޕްރައިމަރީ 40 ދާއިރާއެއްގައި ބާއްވާފައިވާއިރު 49 ދާއިރާއެއްގެ ކެންޑިޑޭޓުން ވަނީ ޕްރައިމަރީއަކާ ނުލައި ކަށަވަރުވެފައެވެ. ހަތަރު ދާއިރާއަކަށް އެއްވެސް ކެންޑިޑޭޓަކު ކުރިމަތިލާފައި ނުވާތީ، ޕްރައިމަރީއަށް ފަހު އެ ދާއިރާތަކާއިމެދު ގޮތެއް ނިންމާނެކަމަށް އެމްޑީޕީން ބުނެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!