ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވުޒާރާގެ އައު ވެބްސައިޓު އިފްތިތާހްކޮށްފި
ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވުޒާރާގެ އައު ވެބްސައިޓު އިފްތިތާހްކޮށްފިއެވެ.
މި ވެބްސައިޓު ލޯންޗް ކުރުމުގެ ރަސްމިޔާތު ޝަރަފުވެރިކޮށް ދެއްވީ އެ ވުޒާރާގެ މިނިސްޓަރ އާދަމް ޝަރީފް އުމަރެވެ. މިވެބްސައިޓް އިފްތިތާހްކޮށްދެއްވީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވަޒީރުގެ ނައިބު އަހުމަދު އިރުފާޙުއެވެ.
ވެބްސައިޓް ތައާރަފު ކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އާދަމް ޝަރީފް ވިދާޅުވީ އައު ވެބްސައިޓު ވެގެންދާނީ ރައްޔިތުންނާއި އެވުޒާރާ ގުޅުވާލަދޭނެ ޕްލެޓްފޯމަކަށް ކަމަށެވެ.
އަދި އެވުޒާރާ އުފެދުނުތާ ގިނަ ދުވަސްތައް ނުވަނީސް އަމިއްލަ ވެބްސައިޓެއް ތައާރަފުވެގެންދިއުމަކީ އެ ވުޒާރާގެ ހުރިހާ މުވައްޒަފުންގެ ބުރަ މަސައްކަތް ސާބިތުވާ ކަމެއް ކަމަށް ވިދާޅުވިއެވެ.
އާދަމް ޝަރީފު ވަނީ އައު ވުޒާރާއެއްގައި މަސައްކަތް ކުރާއިރު ސަރުކާރުން އެ ވުޒާރާ އުފައްދަވާފައިވާ މަޤްސަދު ހާސިލް ކުރުމަށް ސާބިތުކަމާއެކު މަސައްކަތް ކުރުމަށް ހުރިހާ މުވައްޒަފުންނަށް އިލްތިމާސްކުރައްވާފައެވެ.