ޚަބަރު

ދުބާއީ ފަދައިން ރާއްޖެ ސިފަވާން ދެން މާ ގިނަ ދުވަހެއް ނުނަގާނެ: އާދަމް ޝަރީފް

އައިކާ ޔުނާން ، ދެން އޮންލައިން

ތަރައްގީވެފައިވާ ދުބާއީ ފަދައިން ރާއްޖެ ތަރައްގީވެ, އެ ސިފަ ޖެހެން ދެން މާ ގިނަ ދުވަހެއް ނުނަގާނެ ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް މިރޭ ވިދާޅުވެއްޖެއެވެ.

Ads by STELCO

އާދަމް ޝަރީފް ވިދާޅުވީ, ރައީސް ވެވަޑައިގެންނެވި ވައުދުތައް ފުއްދުމުގެ މަސައްކަތްތައް ބާރު ސްޕީޑުގައި ކުރިއަށްދާ ކަމަށާއި ފެންނަ މަންޒަރުތަކަށް ބަލާއިރު, ވޭތުވެދިޔަ މުއްދަތުގައި ދިވެހިރައްޔިތުން ދެކެން ބޭނުންވާ ވަރުގެ ތަރައްގީގެ ހަރުދަނާ ތަސައްވުރެއް ފެންނަން ފަށާނެ ކަމަށެވެ.

"އަޅުގަނޑުމެން ރާއްޖޭގެ އެކި ހިސާބުތަކުން ޑުބާއީގެ މަންޒަރުތައް ފެންނަން ފަށާނެ, މާލެ ކައިރީގެ އެކި ހިސާބުން ރާއްޖޭގެ އެކި ހިސާބުތަކުން އުމްރާނީ ގޮތުން ތަރައްގީވާ މަންޒަރު ފެންނާނީ ޑުބާއީ ސިފައިގައި ފެންނަން ފަށާނެ ދުވަސް އޮތީ ވަރަށް ގާތުގައޭ," އާދަމް ޝަރީފް ވިދާޅުވި އެވެ.

މަޖިލިސް ތެރެއިން ރައީސްގެ ތަރައްގީއަށް ހުރަސް އަޅަމުން އަންނަ ކަން ފާހަގަކުރައްވައި އާދަމް ޝަރީފް ވިދާޅުވީ, ރައީސް ފައްޓަވާފައިވާ ބޮޑެތި މަޝްރޫއުތައް ނިންމުމުގެ ފުރުސަތު އެމަނިކުފާނަށް ދެއްވަން ޖެހޭ ކަމަށެވެ.

އޭނާ ވިދާޅުވީ, ރައީސް ބޮޑެތި މަޝްރޫއުތައް އިއުލާނުކުރައްވާފައިވާއިރު އެކަން ފަހިކޮށްދިނުމަށް ކުރިއަށް އޮތް މަޖިލީހުގެ ސުޕަމެޖޯރިޓީ ސަރުކާރަށް ދިނުމަކީ އަޅުގަނޑުމެން އެންމެން މައްޗަށް އޮތް ކަމެއް ކަމަށެވެ.

ވަޒީރު ވިދާޅުވީ މީގެ ކުރިން ރައީސަކަށް ނުކުރެވުނު, ކުރަން ނުކެރުނު ކިތަންމެ ކަމެއް ރައީސް މުއިއްޒު ވަނީ ކޮށްދެއްވައިވާ ކަމަށެވެ. އެގޮތުން ފާހަގަކުރެއްވީ އިހުތިސޯސުން ބޭރު ފަޅުރަށްތައް ވެސް އާމްދަނީ ހޯދުމަށް ރަށު ކައުންސިލްތައް ނެގޭ ގޮތަށް އެކުލަވާލި ގަވައިދެވެ.

Ads by HDC
  1. ޒާހިރު

    ތަންފުކެއް ބޮޑުވަރު.

  2. އަޅުގަޑުމެން ރައްޔިތުން މިވަނީ މާތްވެގެންވާ އިސްލާމް ދީނާއި ދިވެހިނގެރާޖެ ހިމާޔަތް ކުރުމަށް މާލާއި ޖާނުން ޤުރުބާން ވުމަށް ރައީސު ޑރ މުހައްމަދު މުއީޒަށް ބައިތުހިފާފައިކަން ހަދުމަކޮށް އަރުވަން ! ރައީސާއި ދެކޮޅުވާ މީހަކަށް އޮތީ އަދަގޮޑި އާއި ކުޑަ ގޮޅި ކަން ހަދާންކޮށްލަދެން !