ޚަބަރު ރައްޔިތުންގެ މަޖިލިސް

މަޖިލިސް އިންތިހާބު: ރީ ރަޖިސްޓްރޭޝަނަށް 7،350 ފޯމު ހުށަހަޅައިފި

ރައުފާ ރަޝީދު ، ދެން އޮންލައިން

މާޗު މަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވޯޓުލާން ރީ-ރަޖިސްޓްރީވުމަށް ހުޅުވާލާފައިވާ ފުރުސަތުގައި މިހާތަނަށް ހުށަހެޅީ 7،350 ފޯމު ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

Ads by STELCO

އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އިސްމާއިލް ހަބީބު ބުނީ މަޖިލިސް އިންތިޚާބުގައި، ރީރަޖިސްޓަރީ ކުރަން މިހާތަނަށް 7350 މީހުން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވާ ކަމަށާއި އޭގެތެރެއިން 6465 މީހުން ރީރަޖިސްޓަރީ ކޮށްދީފައިވާ ކަމަށެވެ.

އަދި 885 ހުށަހެޅުމެއް ބަލައިނުގަނެވޭ ކަމަށާއި ރީ ރަޖިސްޓަރީ ކުރަން ހުށަހެޅުމުގެ ކުރިން، މިހާރު ރަޖިސްޓަރީ ވެފައިވާ ތަން ބެލުމަށް ހަބީބް ވަނީ އިލްތިމާސްކޮށްފައެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވަނީ އަންނަ މާޗުމަހުގެ 17 ވަނަ ދުވަހެވެ. މި އިންތިޚާބުގައި 608 ވޯޓު ފޮށި ބެހެއްޓުމަށް އެ ކޮމިޝަނުން ވަނީ ނިންމާފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!