ޚަބަރު

ތިލަމާލެ ބުރިޖުގެ 33 ޕަސެންޓް މަސައްކަތް ނިމިއްޖެ

އަލީ ސަމާޙް ، ދެން އޮންލައިން

މާލެއާއި ވިލިމާލެއާއި ގުޅީފަޅާއި ތިލަފުށި ގުޅާލުމަށް އަޅާ ތިލަމާލެ ބުރިޖު މަޝްރޫއުގެ 33.4 ޕަސެންޓް ނިންމައފިއެވެ.

Ads by Hajj Corporation

ތިލަމާލެ ބުރިޖުގެ މަސައްކަތް ކުރިއަށްދާ ގޮތް އިންފްރާސްޓްރަކްޗާ މިނިސްޓްރީގެ ސްޓޭޓް އަދި ޑެޕިއުޓީ މިނިސްޓަރުންނާއި އިންޖިނިއަރުން ވަނީ އިއްޔެ ބައްލަވައިލައްވާފައެވެ.

އެ މިނިސްޓްރީގެ ސޓޭޓް މިނިސްޓަރު އިބްރާހީމް ތައާމް މުހައްމަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ތިލަމާލެ ބްރިޖް މަޝްރޫއުގެ ޕައިލިން މަސައްކަތުގެ 54.4 މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ. އަދި އެ މަޝްރޫއުގެ މަސައްކަތް މިހާރު ހުރީ ތާވަލާ އަޅާ ބަލާއިރު 1.2 ޕަސެންޓު ކުރީގައި ކަމަށް ވެސް ވިދާޅުވިއެވެ.

އިންޑިއާގެ އެގްޒިމް ބޭންކުން ދޭ 400 މިލިއަން ޑޮލަރުގެ ލޯނު އެހީގެ ދަށުން ކުރިއަށްގެންދާ އެ މަސައްކަތާ އިންޑިއާގެ އެފްކޮންސްއިން ހަވާލުކުރީ 2021 ވަނަ އަހަރު އޯގަސްޓު މަހުގެ ތެރޭގައެވެ.

ރައީސް ޑރ. މުހއްމަދު މުއިއްޒު މީގެ ކުރިން ވިދާޅުވި ގޮތުގައި، އެ މަޝްރޫއު އެއްކޮށް ނިންމައިލެވޭނެ ކަމަށް ބޮޑަށް ގަބޫލުކުރެއްވެނީ 2026 ވަނަ އަހަރެވެ.

ތިލަމާލ ބުރިޖުގެ މަޝްރޫއު ނިންމަން ފުރަތަމަ އެއްބަސްވީ މި އަހަރުގެ ނިޔަލަށެވެ. އެކަމަކު، ކުރީ ސަރުކާރުގެ ފަހު ދުވަސްކޮޅު ސޮއިކުރި އާ އެއްބަސްވުމެއްގައި ވަނީ 2026 ވަނަ އަހަރުގެ ސެޕްޓެމްބަރު 30ގެ ނިޔަލަށް އެ މަޝްރޫއު ނިންމަން ޖެހޭ ތާރީހު ފަސްކޮށްފައެވެ.

 

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!