Tuesday, 3 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ސްޓެމް ދާއިރާއަށް ކުޑަކުދިންގެ ޝައުގު އިތުރުކުރުމަށް އައު ގޮތްތައް ހޯދަންޖެހޭ: ސާޖިދާ

ސްޓެމް ދާއިރާއަށް ކުޑަކުދިންގެ ޝައުގު އިތުރުކުރުމަށް އައު ގޮތްތައް ހޯދަންޖެހޭ: ސާޖިދާ

ސައިންސާއި ޓެކްނޮލޮޖީގެ ދާއިރާއަށް ކުޑަކުދިން ޝައުގުވެރިކޮށް، އެ ދާއިރާއިން ކުރިއަށް ދިއުމަށް އައު ގޮތްތަކެއް ހޯދަންޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

އެކަމަނާ މިފަދައިން ވިދާޅުވީ ނުވަވަނަ އިންޓަނޭޝަނަލް ޑޭ އޮފް
ވިމެންސް އެންޑް ގާރލްސްއިން ސައިންސް އެސެންބްލީއަށް ފޮނުއްވި މެސެޖުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފޮނުއްވެވި މެސެޖްގައި ވަނީ މުޅި ދުނިޔޭގައި އަންހެނުންނާއި އަންހެން ކުދިން ސައިންސާ ގުޅުން ހުރި އެކި ދާއިރާތަކުން ކުރިއަށްދާ މިންވަރު އިތުރުވުމުންދާކަން ފާހަގަކުރައްވާފައެވެ. އެކަމަނާވެސް ސައިންސްގެ ދާއިރާއިން މަސައްކަތް ކުރައްވާފައިވާކަން ފާހަގަކުރައްވަމުން ވިދާޅުވީ އަންހެނަކަށް ވިއަސް އަދި ފިރިހެނަކަށް ވިއަސް މިފަދަ މުހިއްމު ދާއިރާއަކުން ފަސޭހައިން ކުރިއަށް ދިއުމަށް މަގުފަހިކޮށްދިނުމަކީ މުހިއްމުކަމެއްކަމަށެވެ.

Advertisement
HDC — Sidebar (box)

ސާޖިދާ ވިދާޅުވީ އަންހެނުންނާއި އަންހެން ކުދިންގެ ބައިނަލްއަޤްވާމީ ދުވަސް ފާހަގަކުރަމުންދާއިރު ސައިންސްގެ ދާއިރާގައި މަސައްކަތް ކުރާ އަންހެނުން ކުރިއަށް ދިޔުމުގައި ގޮންޖެހުންތަކެއް ހުރިނަމަވެސް އެ ގޮންޖެހުންތައް ނައްތާލަން މަސައްކަތް ކުރަން ޖެހޭކަމަށެވެ. އަދި މިދާއިރާއިން އަދުގެ ކުޑަކުދިން ކުރިއަށް ގެންދިޔުމަށްޓަކައި އެކުންދިން ޝައުގުވެރިކަން އުފެއްދުމަށާއި ހިތްވަރު ދިނުމަށް އައު ގޮތްތަކެއް ހޯދަން ޖެހޭކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

" އެކުދިންނަކީ އަންނަން އޮތް ޖީލުގެ މުސްތަޤްބަލު. އެހެންކަމުން މިހާރު ދިމާވާ ގޮންޖެހުންތަކުގެ ވާހަކަ ދައްކާ އެ ގޮންޖެހުންތައް ނައްތާލުމަށް މަސައްކަތް ކުރަން ޖެހޭ." ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވިއެވެ.

ރައީސްގެ އަނބިކަނބަލުންގެ ވާހާކަފުޅުގައި މިހާރުވެސް ރާއްޖޭގައި ފިރިހެނުންނަށްވުރެ އަންހެނުންގެ ދައުރު ސައިންސާއި ޓެކްނޮލޮޖީގެ ދާއިރާގައި އިތުރުކަންވެސް ފާހަގަކުރެއްވިއެވެ. އެގޮތުން މި ދާއިރާގައި ރާއްޖޭގައި މަސައްކަތްކުރާ މީހުންގެ ތެރެއިން %60 އަކީ އަންހެނުންކަމަށާއި ފިރިހެނުންގެ އިންސައްތައަކީ 40 ކަންވެސް އެކަމަނާ ފާހަގަކުރެއްވިއެވެ.

ޖިންސީ ތަފާތުކުރުންތައް ނައްތާލުމަށްޓަކައި އިޖުތިމާއީ ،އިގްތިސާދީ އަދި ސިޔާސީ ދާއިރާގައި އަންހެނުންނަށް ފުރުޞަތުތައް ހޯދައިދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މެނިފެސްޓޯގައި ހިމަނުއްވައިގެން ސަރުކާރުން އެ މަގުން މަސައްކަތް ކުރައްވާކަމަށެވެ. އަދި މިކަމުގެ ނަތީޖާއެއްގެ ގޮތުން ރާއްޖޭގައި ޖިންސީ ތަފާތުކުރުންތައް ނައްތާލުމަށް ކާމިޔާބީތަކެއް ލިބި "ސްޓެމް"ދާއިރާގައި އަންހެނުންގެ ދައުރު ފުޅާވެގެންދާނެކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް