ޚަބަރު ސިޔާސީ

އަމީން މަޖިލިސް އިންތިޚާބުގައި ވާދަކުރައްވަނީ

ޙައްވާ އިނާޝާ ، ދެން އޮންލައިން

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވާދަކުރައްވަން ނިންމަވައިފިއެވެ.

Ads by Hajj Corporation

މިކަން ހާމަކޮށް އަމީން މިރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކުރިއަށް އޮތް މަޖިލިސް އިންތިހާބުގެ އުނގޫފާރު ދާއިރާއަށް ވާދަކުރުމަށް ނިންމަވާފައިވާ ކަމަށެވެ. އަދި މަޖިލިސް އިންތިޚާބު ކާމިޔާބުކޮށް، އުނގޫފާރު ދާއިރާގެ ރައްޔިތުންގެ ހުވަފެންތައް ހަގީގަތަކަށް ހެދުމުގެ މަސައްކަތް ކުރައްވާނެ ކަމަށެވެ.

މަޖިލިސް އިންތިޚާބުގައި އަމީން އުނގޫފާރު ދާއިރާއަށް ވާދަކުރައްވާނެކަން އިއުލާނު ކުރައްވާފައިވީ ނަމަވެސް ވާދަ ކުރައްވަނީ ޕާޓީއެއްގެ ޓިކެޓުގައި ކަމެއް ނުވަތަ އަމިއްލަ ގޮތުން ކަމެއް ހާމަކުރައްވާފައެއް ނުވެއެވެ.

ހެލްތު މިނިސްޓަރު ކަމުގައި ހުންނެވުމަށްފަހު އަމީން، އެ މަޤާމުން އިސްތިއުފާ ދެއްވާފައި ވަނީ ކޮވިޑް-19 ގެ ދުވަސްވަރު ވެންޓިލޭޓަރުތައް ނުގެނެވުމުގެ މައްސަލާގައި އާންމުންގެ ފާޑުކިޔުން އަމާޒުވުމުންނެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!