Tuesday, 3 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ގުޅިފަޅު ހިއްކުން ހުއްޓުވި މައްސަލަ އިސްތިއުނާފުކުރަނީ

ގުޅިފަޅު ހިއްކުން  ހުއްޓުވި މައްސަލަ  އިސްތިއުނާފުކުރަނީ

ކ. ގުޅިފަޅު ހިއްކުމުގެ މަޝްރޫއު މަޑުޖައްސާލަން ހައި ކޯޓުން އިއްޔެ ނެރުނު އަމުރު ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރަން ނިންމާފައިވާ ކަަމަށް ބަންޑާރަ ނައިބް އަހްމަދު އުޝާމް ވިދާޅުވެއްޖެއެވެ.

ކުރީ ސަރުކާރުން ގޯތި ދިނުމަށާއި ފްލެޓް އެޅުމަށާއި ބައިނަލްއަގުވާމީ ވިޔަފާރި ބަނދަރެއް ތަރައްގީކުރާ ގޮތަށް ހިއްކަން ފެށި ގުޅިފަޅު ހިއްކާތީ އެ ސަރަހައްދާއި އެ ސަރަހައްދު ވަށައިގެންވާ ތަންތަނުގެ ތިމާވެއްޓަށް އިއާދަނުކުރެވޭނެ ވަރުގެ ގެއްލުމެއް ލިބޭނެ ކަމަށް ބުނެ އެ މައްސަލަ އެންމެ ފުރަތަމަ ސިވިލް ކޯޓަށް ހުށަހެޅީ ތިމާވެށި ހިމާޔަތް ކުރަން މަސައްކަތް ކުރާ އެކްޓިވިސްޓެއް ކަމަށްވާ ހުމައިދާ އަބްދުލްގަފޫރެވެ.  އެ ކޯޓުން ނިންމީ އެ މައްސަލަ މަޑުޖައްސާލަން ޖެހޭ ފަދަ އަމުރެއް ނެރެދެވެން ނެތް ކަމަށެވެ.

އެހެންވެ އެ މައްސަލަ ހައި ކޯޓުގައި ވަނީ އިސްތިއުނާފް ކޮށްފައެވެ.

Advertisement
Ooredoo — Square (box)

ހައި ކޯޓުން އިއްޔެ ކުރި ހުކުމްގައި ބުނީ އެ މައްސަލާގައި ވަގުތީ އަމުރެއް ނުނެރެފިނަމަ ތިމާވެށި ހަލާކުވުމުގެ ސަބަބުން މައްސަލަ ހުށަހެޅި ފަރާތާއި އާންމުންނާއި އަންނަން އޮތް ޖީލުތަކަށް އިއާދަ ނުކުރެވޭނެ ގެއްލުންތަކެއް ލިބިދާނެ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން ބަންޑާރަ ނައިބް އުޝާމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައިވިދާޅުވީ، ގުޅިފަޅު ޕްރޮޖެކްޓަކީ އެތައް ބިލިއަން ރުފިޔާގެ އަގުހުރި މަޝްރޫއެއް ކަމަށެވެ، އަދި ގުޅިފަޅު ބިން ހިއްކުމުގެ %80 ވަރު ބޮޑުބައި މިހާރު ނިމިފައިވާއިރު، މިމަސައްކަތް ހުއްޓިފައި އޮންނަ ކޮންމެ ދުވަހަކު ދައުލަތަށް އެތައް މިލިއަން ރުފިޔާގެ ގެއްލުން ވާނެ ކަމެއް ކަމަށެވެ.

އެހްްންވެ ދައުލަތުގެ ފަރާތުން އެ ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރުމަށް މިހާރު ނިންމާފައިވާ ކަމަށް އުޝާމް ވިދާޅުވިއެވެ.

ގުޅީފަޅު ހިއްކުން ހައިކޯޓުން ހުއްޓުވީއިރު، އެ ފަޅުން 100 ހެކްޓަރަށް ވުރެ ބޮޑު ބިމެއް ހިއްކާފައިވެއެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް