ކްލައިމެޓް ވަލްނަރަބުލް ފޯރަމް (ސީވީއެފް) ގައި ހިމެނޭ ގައުމެއް ދަރަނިން އަރައިގަތުމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) ގެ ޕްރޮގްރާމެއްގައި ބައިވެރިވާން ނުޖެހޭނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ، ރާއްޖެއިން އައިއެމްއެފްގެ ބެއިލްއައުޓް ޕެކޭޖެއް ނަގަން ޖެހޭ ވަރަށް އިގްތިސާދީ ހާލަތު ދަށަށް ގޮސްފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ބައެއް މީހުން ވާހަކަދައްކަަމުންދާ ދަނޑިވަޅެއްގައެވެ.
މިކަމާއި ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ނަޝީދު ވިދާޅުވީ ސީވީއެފް ގައުމުތަކަށް ސީވީއެފް ވީ20 ސެކްރެޓޭރިއަޓުން އެހީތެރިކަން ފޯރުކޮށް ދޭނެ ކަމަށާއި ކާބަން ޓްރޭޑިން ފަދަ ދަރަނި ކުޑަކުރުމުގެ ފުރުސަތުތައް ދެނެގަތުމަށް ފަންނީ އެހީތެރިކަން ފޯރުކޮށް ދެވޭނެ ކަމަށެވެ.
ރައީސް ނަޝީދު މިފަދައިން ވިދާޅުވެފައިވާއިރު ރާއްޖެއިން އައިއެމްއެފްގެ ޕްރޮގްރާމެއްގައި ބައިވެރިވާކަށް ނުޖެހޭ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވެސް ވަނީ ވިދާޅުވެފައެވެ.
ސައީދު ވިދާޅުވީ ރާއްޖޭގެ މާލީ ނިޒާމްގެ އިތުބާރު ގެއްލުވާލަން ފިލާ ތިބެ ބަޔަކު މަސައްކަތްކުރަމުންދާ ކަމަށާއި އެކަން ކުރަމުންދަނީ އިންތިޒާރުކުރި ގޯސް ހާލަތަށް ރާއްޖެ ވައްޓާނުލެވުމުން ސިޔާސީ ގޮތުން މާޔޫސްވެގެން ކަމަށެވެ.
ރާއްޖެ ވަކި ޕްރޮގްރާމެއްގައި ބައިވެރިވާކަށް ނުޖެހޭ ކަން ފާހަގަކޮށް ސައީދު އިތުރަށް ވިދާޅުވީ އިގްތިސޯދީ ހާލަތު އައްނަނީ ކުރިން ލަފާކުރި ވަރަށްވުރެން ވެސް ބާރަށް ރަނގަޅުވަމުން ކަމަށެވެ.
ބޭކާރު ވާހަކަ ނުދައްކާ އަނގަމަޑުންލައިގެން ތި ގައުމު ގާނަގާނަ ހުރޭ! މިގައުމުގެ ކަންތަކާ މިހާރު ކަލެއަކަށް ނުބެހެވޭނެ!
މޮޅު ވާހަކައެއް ދަކާލީ ހިތުން…ކޮން ކާބަނެކޭ ފަޅޮލެކޭކިޔާކަށްތަ..މިދެން ކަންނަން މާމޮޅަށް އެނގޭމީހެއް..އެހެންމީހުނަކަށް އެއްޗެއްނޭންގޭނެ މިކަލޭގެ ދެކޭގޮތުން…
ގާނާނީ އަަށް ދައްނަވަލަން ! ބެހެވޭނެ ބެހޭނެ މިޤައުމު އަބަދުވެސް އެދި ގޮވާނެ ރައީސް މުހައްމަދު ނަޝީދު އައް
ދެން ހަޖަމް ކޮއްލާ
ދިވެހިރާއްޖެއަކީ ކުދި ޖަޒީރާ ގައުމެއް. ސުވާލަކީ އީޔޫއިން، ކުދި ގައުމުތަކުގެ ތެރެއިން ރާއްޖެއިން އެކްސްޕޯޓްކުރާ މަހަށް އެކަނި ޑިއުޓީ ނަގަނީ ކީއްވެހޭ؟ ޖަވާބަކީ ރާޢްޖެއަކީ މުސްލިމު ގައުމަކަށްވާތީ. އެމީހުން ބޭނުންވާހާ ކަމަކަށް ރާއްޖެއިން އާ އެކޭ ނުބުނާތީ.
ޢެއަރޕޯޜޓްވެސް ވިއްެކާލީ މަޔާހޮކި ގަންޖާބޯ ބުނި ދެބަނދިހްރާން. ގައުމަށް ހެވެއްނޭދެނީ ކެރަފާން ސިއްްކަތަް ފިރިހެންުޅި