ޚަބަރު އިޖުތިމާޢީ

ވެށީގެ ރައްކާތެރިކަމަށް މަސައްކަތްކުރާ ބައިނަލްއަގުވާމީ ޖަމިއްޔާއެއްގެ ބޯޑު ޑިރެކްޓަރަކަށް ޝައުނާ

ޙައްވާ އިނާޝާ ، ދެން އޮންލައިން

އެއްގަމާއި ކަނޑުގެ ވެށީގެ ރައްކާތެރިކަމާއި މޫދާ ގާތް ސަރަހައްދުތަކުގައި ދިރިއުޅޭ މީހުންގެ ތަރައްޤީއަށް އިންވެސްޓްމެންޓް ހޯދުމަށް ބައިނަލްއަގުވާމީ ފެންވަރުގައި މަސައްކަތް ކުރާ ޖަމިއްޔާއެއް ކަމަށްވާ އޯޝަން ރިސްކް އެންޑް ރިސިލިއެންސް އެކްޝަން އެލަޔެންސް (އޯއާރްއާރްއޭއޭ)ގެ ބޯޑުގެ ޑިރެކްޓަރަކަށް ރާއްޖޭގެ ކުރީގެ އެންވަޔަރަންމަންޓް މިނިސްޓަރު އައިމިނަތު ޝައުނާ އައްޔަންކޮށްފިއެވެ.

Ads by MWSC

އެ ޖަމިއްޔާގެ ބޯޑު މެންބަރަކަށް ޝައުނާ އައްޔަނު ކުރެއްވުމާއި ގުޅިގެން ތިމާވެށީގެ ދާއިރާއަށް އެކަމަނާ ކުރައްވާފައިވާ ޚިދުމަތްތައް ބަލައިގަނެ އެ ޖަމިއްޔާއިން ވަނީ މަރުހަބާ ކިޔާފައެވެ.

އެގޮތުން މޫސުމަށް އަންނަ ބަދަލުތަކުގެ އަސަރު ކުރާ ގައުމުތަކަށް ބަދަލު ދިނުމަށް ބައިނަލްއަޤްވާމީ "ލޮސް އެންޑް ޑަމޭޖް ފަންޑް" ފަންޑެއް ގާއިމްކުރުމުގައި ވެސް ޝައުނާ މުހިންމު ދައުރެއް އަދާކުރައްވާފައިވާ ކަން ވަނީ ފާހަގަކުރައްވާފައެވެ.

އެ ޖަމިއްޔާއިން އިތުރަށް ބުނީ ތިމާވެށްޓާއި އިންސާނީ ހައްގުތަކާ ބެހޭ މަސައްކަތްތަކުގައި ލިބިފައިވާ ޢިލްމާއި ތަޖުރިބާއާއެކު ޝައުނާ އޯއާރުއޭއަށް އަގުހުރި ޚިދުމަތްތަކެއް ކޮއްދެއްވާނެ ކަމަށެވެ.

ޝައުނާ ވަނީ 2021 އިން 2023 އަށް ރާއްޖޭގެ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް، އެންޑް ޓެކްނޮލޮޖީގެ މަގާމާއި، 2018-2021 އަށް ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީގެ މަގާމު އަދާކުރައްވާފައެވެ.

Ads by Allied Insurance
  1. ލާދީނީންތަށް ތިބޭނީ ތިހެން

  2. ގުޑްލަކް އެޖަމިއްޔާއަށް!!!

  3. އާދަމްއާޒިމް

    ތިވާނީ ވޮށީގެކަމަށް