ސިޓީ ހުށަހަޅައިގެން އައިޑީ ކާޑު ނެގޭގޮތަށް ހަދައިފި

ވެރިފަރާތުގެ ސިޓީ ހުށަހަޅައިގެން ދިވެހި ރައްޔިތެއްކަން ހާމަކޮށްދޭ އައިޑީކާޑު ނެގޭގޮތަށް ހަދައިފިއެވެ.
ޑިޕާޓްމެންޓު އޮފް ރެޖިސްޓްރޭޝަންއިން އަންގާރަ ދުވަހު ނެރުނު ބަޔާނެއްގައި ހާމާކޮށްފައިވާ ގޮތުގައި މި ފަދައިން ނިންމާފައިވަނީ ރައްޔިތުންނަށް ދަތި ތަކާއި ކުރިމަތި ނުލާ ފަސޭހައިން އައިޑީކާޑު ނެގޭނެގޮތަ ހަމަޖައްސާދިނުމަށް ކަމަށެވެ.
ވެރިފަރާތުގެ ސިޓީ ހުށަހަޅައިގެން އައިޑީކާޑު ނެގޭނީ 25 ފެބްރުއަރީ 2024 ހުން ފެށިގެންނެވެ.
މިފަދައިން ކާޑު ދޫކުރަން ނިންމިކަމުގައި ވީނަމަވެސް އެ ކާޑާއި ހަވާލުވުމަށް ފަހު އެ ކާޑު ގެއްލިގެން އެ ޝަކުވާހުށަހަޅައިފި ނަމަ އެ މައްސަލަ ތަހުގީގު ކުރުމަށް ދިވެހި ރާއްޖޭގެ ފުލުހުންގެ އިދާރާއަށް ހުށަހެޅޭނެކަމަށްވެސް އެ ބަޔާނުގައި ވަނީ ބުނެފައިއެވެ.
ރައްޔިތުންނަށް ވީހާވެސް އަވަހަށް އައިޑީކާޑު ނެގޭނެގޮތް ހަމަޖެއްސުމަށް ސަރުކާރުން ދަނީ ހުއްޓުމެއް ނެތި މަސައްކަތް ކުރަމުންނެވެ.