މުލީގައި ފީނަން ގޮސް އުޅުނު ފަތުރުވެރިއަކު މަރުވެއްޖެ

މ. މުލި ކައިރި އޮތް ސަފާރީއެއްގައި ފީނަން ގޮސް އުޅުނު ފަތުރުވެރިއެއް މިރޭ މަރުވެއްޖެއެވެ.
މަރުވެފައިވަނީ އުމުރުން 69 އަހަރުގެ ސްވިޓްޒަލޭންޑް އަންހެނެކެވެ.
މުލީ ހޮސްޕިޓަލުން ''ދެން'' މައުލޫމާތުދީފައިވާ ގޮތުގައި އެ ހާދިސާ ދިމާވެފައިވަނީ ގަޑިން 18:50 ހާއިރެވެ.
ހޮސްޕިޓަލުން ބުނީ އެ މައުލޫމާތު ލިބުނު އިރު ފުލުހުން އެސަރަހައްދުގައި ހަރަކާތްތެރިވަމުން ދިޔަ ކަމަށެވެ.
''އެ ސަރަހައްދަށް ދެވުނު އިރު އޭނާ ނޭވާނުލާ، ސީޕީއަރުވެސް ދެވިފައި ވަނީ'' ހޮސްޕިޓަލުން ބުންޏެވެ.
ފަތުރުވެިން މޫދަށް މަރުވާ ހާދިސާތައް ދޭތެރެ ދޭތެރެއިން ހިނގައެވެ.