ޚަބަރު ރައްޔިތުންގެ މަޖިލިސް ސިޔާސީ

އެމްޑީޕީ މަޖިލީސް ކެމްޕޭނު ލޯންޗުކުރުން މާދަން ރޭ

ފައިނާ ފާއިޒް ، ދެން އޮންލައިން
އެމްޑީޕީން ބޭއްވި ހިނގާލުމެއްގެ ތެރެއިން

އިދިކޮޅު އެމްޑީޕީގެ ޓިކެޓުގައި ރައްޔިތުންގެ މަޖިލީހަށް ވާދަކުރާ ކެންޑިޑޭޓުންގެ ކެމްޕޭނު ރަސްމީކޮށް ލޯންޗުކުރާ ޖަލްސާ މާދަން ރޭ ބާއްވާ ގޮތަށް ހަމަޖެހިއްޖެއެވެ.

Ads by STELCO

އެ ޖަލްސާ އޮންނާނީ މާދަމާ ރޭ 20:00 ގައި އާޓިފިޝަލް ބީޗުގައެވެ.

އެމްޑީޕީން މަޖިލީސް އިންތިހާބަށް ކަނޑައަޅުއްފައިވާ ސްޕޯކްސް ޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސަ ''ދެން'' އަށް ވިދާޅުވީ، މާދަމާ ރޭ އޮންނަ ޖަލްސާގައި މަޖިލިސް އިންތިހާބަށް އެ ޕާޓީން ގެންގުޅޭ ޝިޔާރާއި ލޯގު އިފްތިތާހުކުރާނެ ކަމަށެވެ.

މާލޭގައި ތިބި، އެ ޕާޓީގެ ފަރާތުން ވާދަކުރައްވާ ކެނޑިޑޭޓުންވެސް މި ޖަލްސާގައި ބައިވެވަޑައިގަންނަވާނެ ކަމަށް އީސަ ވިދާޅުވިއެވެ. އީސާ ވިދާޅުވީ ވަރަށް އަވަހަށް މުޅި ރާއްޖޭގައި އެމްޑީޕީގެ މަޖިލިސް ކެމްޕޭނު ފަށާނެ ކަމަށެވެ. ނަމަވެސް ވަކި ތާރީހެއް ވިދާޅެއް ނުވެއެވެ.

މި އިންތިހާބުގައި އެމްޑީޕީން 93 ދާއިރާއަކަށް ވާދަކުރާއިރު މަޖިލީހުގެ މެޖޯރިޓީ ނަގާނެ ކަމަށް އެ ޕާޓީގެ ޗެއާޕަސަން ފައްޔާޒު އިސްމާއިލް ވަނީ ދާދި ފަހުން ވިދާޅުވެފައެވެ. މި ސަރުކާރާ ކެމްޕޭނުގެ ތެރޭގައި ހެދި 'ދޮގުތައް' ފާޅުވަމުންދާ ކަމަށާއި ރައްޔިތުން ތިބީ މާޔޫސްވެފައި ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގެންދަވަނީ ވިދާޅުވަމުންނެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!