ރޯދަމަހު އައިޑީކާޑު ދޫކުރާނީ ހެނދުނު 9:15 އިން 11:30އަށް
ރޯދަ މަހު އައިޑީ ކާޑު ދޫކުރުމުގެ ޚިދުމަތް ދޭނީ ހެނދުނު 9:15 އިން 11:30އަށް ކަމަށް ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރް) އިން ބުނެފިއެވެ.
ޑީއެންއާރުން ވިދާޅުވީ ކިއުބީ އިން ނަންބަރެއް ނަގައިގެން ކާޑު ދޫކުރުން ކުރިއަށްދާނީ ހެނދުނު 9:15 އިން 11:30 އަށް ކަމަށާއި ދޫކުރަނީ 150 ނަންބަރުކަމަށެވެ.
އަދި ރަމަޟާން މަހުގެ ފަހުދިހައިގައި ޚިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ 01، 03 އަދި 08 އޭޕްރީލް 2024 މި 3 ދުވަހުއެވެ. މި ދުވަސްތަކުގައި ވެސް ހިދުމަތް ލިބޭނީ ހެނދުނު 9:15 އިން 11:30އަށެވެ.
މި ގަޑިތަކުގެ އިތުރުން އިމަރޖެންސީ ހާލަތްތަކުގައި އެ ޑިޕާޓްމަންޓުގެ ނަންބަރު 7280368 އަށް ގުޅުމުން އެ ޚިދުމަތް ދެވޭނެކަމަށް ޑީއެންއާރުން ބުނެފައިވެއެވެ.
Ads by Allied Insurance