ޚަބަރު އިޖުތިމާޢީ

އެއާ އެމްބިއުލާންސްގައި ފުރަތަމަ ބަލިމީހާ ކުޅުދުއްފުށިން މާލެ ގެނެސްފި

ފައިނާ ފާއިޒް ، ދެން އޮންލައިން
އެއާ އެމްބިއުލާންސްގައި މާލެއަށް ބަލިމީހާ ގެނައުމުގެ ތެރެއިން

އަވަސް ގޮތުގައި ސިއްހީ ފަރުވާ ފޯރުކޮށްދިނުމަށް ވައިގެ މަގުން ބަލިމީހުން އުފުލުމަށް ރާއްޖޭގައި ފެށި އެއާ އެމްބިއުލާންސްގެ ހިދުމަތުގެ ދަށުން ފުރަތަމަ ބަލި މީހާ ހދ. ކުޅުދުއްފުށިން މާލެ އުފުލައިފިއެވެ.

Ads by MWSC

ފުރަތަމަ ބަލި މީހާ ސީދާ ކުޅުދުއްފުށިން މާލެއަށް ގެނެސްފައިވާއިރު އެއާ އެމްބިއުލާންސް މާލެގައި ޖައްސާފައިވަނީ ރޭގެ މެންދަމު 03:35 ހާއިރުއެވެ. ގެނައީ 26 އަހަރު މީހެކެވެ.

ރޭގައި މާލެ ގެނެވުނު ބަލި މީހާ މާލެ ގެނައުމުގެ ކުރިން ފުވަމުލަކަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކަމަށް ބުނެ ހަބަރުތަކެއް ފެތުރުނެވެ. ނަމަވެސް އެ ވާހަކަތައް ތަފްސީލު ހިއްސާކުރަމުން ހެލްތު މިނިސްޓްރީން ބުނީ ފުވައްމުލަކަށް ދިޔައީ އެއާ އެމްބިއުލާންސުގެ ފްލައިޓު ނޫން ކަމަށެވެ.

އިއްޔެ އެއާ އެމްބިއުލާންސް ހިދުމަތް ދޭން ފެށި ޑޭޝް-8 މަރުކާގެ މަތިންދާބޯޓެއް ބޭނުންކޮށްގެނެނެވެ.

ރާއްޖޭގައި އެއާ އެމްބިއުލާންސުގެ ހިދުމަތް ދޭން ފަށާފައިވަނީ އެންސްޕާއާއި، އައިލޭންޑު އޭވިއޭޝަން އަދި މިނިސްޓްރީ އޮފް ހެލްތުއާއި ގުޅިގެންނެވެ. އެ ބޯޓުތަކުގައި ބަލި މީހާ އުފުލަން ހަމަޖެހިފައިވަނީ އެންމެ ކައިރީގައި ހުންނަ ފުރިހަމަ ސިއްހީ ފަރުވާ ލިބޭ ހޮސްޕިޓަލަކަށެވެ.

އެއާ އެމްބިއުލާންސްގެ ގޮތުގައި ބޯޓު ތައްޔާރުކޮށްފައި ވަނީ އެމަޖެންސީ ފަރުވާ އޭގައި ދެވޭގޮތަށް، މެޑިކަލް އިކުއިޕްމަންޓްތައް ހަރުކޮށްގެންނެވެ. އަދި މި ބޯޓުތަކުގައި ތަމްރީނުކުރެވިފައިވާ، ފުރިހަމަ ސިއްހީ ފަރުވާ ދެވޭ ގާބިލިއްޔަތުކަން ހުރި ހިދުމަތްތެރިން ހަރަކާތްތެރިވަމުން އަންނާނެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!