Tuesday, 3 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

އަލިފާން ރޯވީ އަވަނެއް އޯވާހީޓްވެގެން، ތިން މީހަކަށް ފަރުވާދެނީ

އަލިފާން ރޯވީ އަވަނެއް އޯވާހީޓްވެގެން، ތިން މީހަކަށް ފަރުވާދެނީ

މަޖީދީމަގު، އިބްރާހިމް މިސްކިތް ކައިރި ހުންނަ ހ. ސަންގުރޭޒް ގައި މިއަދު ރޯވި އަލިފާނުގެ ހާދިސާއާ ގުޅިގެން ތިން މީހަކު ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

އެމްއެންޑީއެފުން ބުނީ އެ ހާދިސާ ހިނގީ އިރުއޮއްސި 6:06 ހާއިރު ކަމަށެވެ. އަލިފާން ރޯވީ އަވަނެއް އޯވާ ހިޓްވުމުގެ ސަބަބުން ކަމަށް ސިފައިން ބުންޏެވެ. ފަޔާ އެންޑް ރެސްކިއު އިން އަލިފާން ނިންވާލީ ގާތްގަނޑަކަށް 6:23 ހާއިރެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ވިދާޅުވީ އަލިފާނުން ސަލާމަތްވުމަށް, އެ ގެ ހުންނަ ހަނިގޯޅި ތެރެއިން ނިކުންނަން އުޅުމުގެ ތެރޭގައި ފައި ތަނެއްގައި އަޅައިގެން ބިދޭސީއަކަށް އަނިޔާވެފައިވާ ކަމަށެވެ. އެމީހާ އަށް ފަރުވާދެމުން ދަނީ އޭޑީކޭގައެވެ.

Advertisement
Ooredoo — Truecaller (box)

އަދި ދުވަސްވީ ދިވެހި ފިރިހެނަކާއި އަންހެނަކަށް ދުމުގެ އަސަރުކޮށްފައިވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ. ދިވެހި ރެޑްކްރެސެންޓްގެ އެހީގައި އެ ދެމަފިރިން ހޮސްޕިޓަލަށް ގެންދެވުނީ ކޮންމެވެސްވަރަކަށް ދުމުގެ އަސަރުކޮށްފައިވާތީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުންނެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް