ޚަބަރު ސިޔާސީ

ރިޔާސީ އިންތިޚާބުން ބަލިވީ ނަޝީދު ވަކިވީމަ: ޞާލިޙް

ޙައްވާ އިނާޝާ ، ދެން އޮންލައިން

ރިޔާސީ އިންތިޚާބުން ބަލިވި މައިގަނޑު ސަބަބަކީ ޕާޓީގެ އެތެރޭގެ އިންތިޚާބަށް ފަހު، އެމްޑީޕީއަށް އެކުގައި ކުރިއަށް ނުދެވުމުން ކަމަށް ރިޔާސީ އިންތިހާބުން ނާކާމިޔާބުވެ ވަޑައިގެންނެވި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

Ads by MWSC

ރައީސް ޞާލިހް މިހެން ވިދާޅުވީ އަންނަ މަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށް ކުރައްވާ ދަތުރުފުޅުތަކުގައި މިއަދު ނ. މަނަދުއަށް ވަޑައިގެން ސަޕޯޓަރުންނާއެކު ބޭއްވި ބައްދަލުކުރެއްވުމުގައެވެ.

އެގޮތުން ރައީސް ޞާލިހް ވިދާޅުވީ ރިޔާސީ އިންތިހާބަށްވެސް ޕާޓީގެ ކެންޑިޑޭޓަކު ހޮވުމަށް އެމްޑީޕީން ވާދަވެރި ޕްރައިމަރީއެއް ބޭއްވި ކަމަށެވެ. އަދި އެ ޕްރައިމަރީ ނިމުމަށް ފަހުގައި އެކީގައި ކުރިއަށް ދެވޭ ގޮތް ނުވުން އެއީ ރިޔާސީ އިންތިހާބު ނާކާމިޔާބުވުމުގެ އެންމެ ބޮޑު އެއް ސަބަބު ކަމަށެވެ.

މިގޮތުން ކުރިއަށް އޮތް ތަނުގައި މަސައްކަތް ކުރަންވާނީ އެ ތަޖުރިބާގެ އަލީގައި އެކުގައި ކަމަށް ރައީސް ޞާލިހް ވަނީ ވިދާޅުވެފައެވެ.

"ބައިބައި ވެއްޖެ ނަމަ، ނަތީޖާ އަޅުގަނޑުމެން ބޭނުން ނުވާ ގޮތަށް ނުކުތުމަކީ އެކަށީގެންވާ ކަމެއް" ރައީސް ޞާލިހް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ޞާލިހް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ސަރުކާރަށް ދީފި ނަމަ ހިޔާލުފާޅުކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއަޅައި، ރައްޔިތުންގެ މަޖިލީހުގެ ބާރު ކަނޑުވާލާނެ ކަމަށެވެ.

ހަމަ އެހެންމެ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގަތުމަށް ވެ ވަޑައިގެންނެވި އެއްވެސް ވައުދެއް ފުއްދައިދެއްވާފައި ނުވާ ކަމަށާއި އެހެން ކަމުން މަޖިލީހުގެ މެޖޯރިޓީ އެމްޑީޕީއަށް މުހިންމުވާ ކަމަށް ކުރީގެ ރައީސް ޞާލިހް ވަނީ ވިދާޅުވެފައެވެ.

Ads by HDC
  1. ޤމރު