ޚަބަރު ސަރުކާރު

އިޒްރޭލަށް ހަތިޔާރު ވިއްކުން މަނާކުރަން ރާއްޖެއިން ގޮވާލައިފި

ޙައްވާ އިނާޝާ ، ދެން އޮންލައިން

ޔަހޫދީ އިޒްރޭލަށް ހަތިޔާރު ވިއްކުން މަނާ ކުރުމަށް ރާއްޖެއިން ގޮވާލައިފިއެވެ.

Ads by Sosun Fihaara

ރާއްޖެއިން މިގޮތަށް ގޮވާލާފައި ވަނީ، އިޒްރޭލުން ފަލަސްތީނާ ދެކޮޅަށް މިހާރު ކުރަމުން ގެންދާ ހަނގުރާމަ ވަގުތުން ހުއްޓާލުމާ ގުޅޭގޮތުން އ.ދ. އާންމު މަޖިލީހުގައި ކުރިއަށްދިޔަ ބަހުސްގައި ރާއްޖޭގެ ފަރާތުން ސަފީރު ޑރ. އަލީ ނަސީރު މުހައްމަދު ދެއްކެވި ވާހަކަފުޅުގަ އެވެ.

އެގޮތުން ޑރ. އަލީ ނަސީރު ވިދާޅުވީ އދ. ގެ ސަލާމަތީ މަޖިލީހުގައި ވީޓޯ ބޭނުންކުރުމަކީ އިޒްރޭލުން ހިންގާ އަމަލުތައް ކުރިއަށް ގެންދިއުމަށް ލިބުނު އިތުރު ހިތްވަރެއް ކަމަށެވެ. އަދި މިގޮތަށް އިޒްރޭލުން އަމަލު ކުރި ތަން ފެނިގެން ގޮސްފައިވާ ކަމަށް ޑރ. އަލީ ނަސީރުގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފައެވެ.

މިގޮތުން މިދިޔަ މަހުގެ 29 ގައި އިޒްރޭލުން ދިން ހަމަލާގައި އެހީގެ ޓްރަކްތަކެއް ކައިރީގައި ތިބި ފަލަސްތީނުގެ އާންމު ރައްޔިތުންނަށް އަމާޒުކޮށް ދިން ހަމަލާގައި 100 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލައި ހާހަކާ ގާތް ކުރާ އަދަދަކަށް މީހުން ޒަހަމްވި ކަން ވަނީ ފާހަގަކުރައްވާފައެވެ.

ޑރ. އަލީ ނަސީރު ވަނީ އިޒްރޭލުން ފަލަސްތީނާ ދެކޮޅަށް ނަސްލުނައްތާލުމަށް ހިންގަމުންދާ ޖަރީމާ ހުއްޓުވުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް އ.ދ. ގެ ސަލާމަތީ މަޖިލީހަށް ގޮވާލާފައެވެ.

ހަމަ އެހެންމެ އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނަށް ދެމުންގެންދާ ހަމަލާތައް ވަގުތުން ހުއްޓުވައި ޖަވާބުދާރީ ކުރުމަށް އޭނާ ވަނީ ބައިނަލްއަޤްވާމީ މުޖުތަމައަށް ގޮވާލާފައެވެ.

މީގެ އިތުރުން ފަލަސްތީނުގެ ރައްޔިތުން ފެނާއި ކާބޯތަކެތީގެ އިތުރުން ޒަރޫރީ ބޭނުންތަކުން މަހްރޫމް ކުރުމަށް ފަހުގައި އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުން ޝަހީދު ކުރަމުން ހިންގަމުންދާ ޖަރީމާތައް ހުއްޓުވުމަކަށް ނުގެނެވުމަކީ ދުނިޔެ ވެސް އެކަމާ ލަދު ގަންނަން ޖެހޭ ކަމެއް ކަމަށް ޑރ. އަލީ ނަސީރު ވިދާޅުވިއެވެ.

Ads by HDC
  1. ޒިޔާދު

    އިޒުރޭލަކީމުޅިދުނިޔެއަށް އޮތް އެންމެބޮޑު މުސީބާތް އެމީހުންނައްް ހަތިއާރު އެތެކުރިއަދީގެން ނުފުދޭނެއެމީހުންގެއަތުގަ ހުރިތިއާރު ތައްނައްތާލަންޖެހޭނެ