ރިޕޯޓް

ލަޔާންގެ މަންމަގެ ދުލުން، ގެއްލުނީ ހިތްހެޔޮ އިލްމީ ދަރިއެއް

އަލީ ސަމާޙް ، ދެން އޮންލައިން

''މި އަންނަނީ ގެއަށް ނިދަން، މާ ގިނައިރެއް ނުވެ ސިޑިން އަރާނަން'' ހޯމަ ދުވަހުގުރޭ ހުޅުމާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ނިޔާވީ، އުމުރުން 19 އަހަރުގެ މުހައްމަދު ލަޔާން އޭނާގެ މަންމައާ އެންމެ ފަހުން ވާހަކަ ދެކެވުނު ފަހަރު ބުނީ އެހެނެވެ. އެ ރޭ މެންދަމު ދޭއް ޖެހި ހާއިރު އާމިނަތު އިނާޔާ މުހައްދަށާއި އޭނާގެ ފިރިމީހާ އިބްރާހިމް ޝަރީފަށް ހޭލެވުނީ ފޯނު ކޯލަކަށެވެ. އޭރު ގޭގެ ދޮރުގައި ލަޔާން ރައްޓެއްސަކު ދިޔައީ ޓަކި ޖަހަމުންނެވެ.

Ads by Hajj Corporation

''ލުއްލު (އިނާޔާ ލޯބިން ދަރިފުޅަށް ގޮވާ ނަން) ރައްޓެހި ވިޔާމް ބުނީ، އެކްސިޑެންޓްވެއްޖެޔޭ ވަރަށް ބޮޑަށޭ އެކްސިޑެންޓުވީ'' ގުރުއާނުގެ ދާއިރާއިން މަތީ ތައުލީމު ހާސިލުކޮށްފައިވާ، ގުރުއާން ކްލާސްތައް ނަގައިދެމުންދާ އިނާޔާގެ ތިން ދަރިންގެ ތެރެއިން އެންމެ ދޮށީ ދަރިފުޅުގެ އެކްސިޑެންޓުގެ ހަބަރު ލިބުނުގޮތް ހިއްސާކުރަމުން ކިޔައިދިނެވެ.

''ވަރަށް ބޮޑަށް ބަނޑަށް ތަދުވާން ފެށި، ޝޮކަކަށް ދިޔައީ، ހޮނޑުވެސް ލަވަން ފެށީ، ނުކުރެނު ވަންނާކަށް އެމެޖެންސީ ރޫމަށް'' ހުޅުމާލޭ ފުރަތަމަ ފޭސްގައި ދިރިއުޅޭ އިނާއަށް އެ ހަބަރު ލިބުމުން ކުރިމަތިވި އިހުސާސްތައް ހިއްސާކުރިއެވެ.

އިނާ ބުނީ ހޮސްޕިޓަލަށް ގެންދިޔައިރުވެސް ލަޔާންގެ ސިކުނޑު އޮތީ މަރުވެފައި ކަމަށެވެ. ''އެކްސިޑެންޓްވީ ގޮތަށް ބްރެއިން އިނީ ޑެޑްކޮށް'' އެންމެ ފުރަތަމަ ލަޔާން ގެެންދިޔައީ ހުޅުމާލޭ ހޮސްޕިޓަލަށެވެ. އޭގެ މާގިނަ އިރުތަކެއްނުވެ ޓްރީޓޮޕް ހޮސްޕިޓަލަށް ބަދަލުކުރިއެވެ. އޭގެ ފަހުން ވާހަކަ ދައްކާލާނެ ފުރުސަތެއް ނުލިބި، އައިސީޔޫ ގައި ފަރުވާދެމުން ދަނިކޮށް އިނާޔާ، އެ ދަރިއަކު ދެކެ އެންމެ ލޯބިވާ ދަރިފުޅު ނިޔާވީ ބުރާސްފަތި ދުވަހުގެ މެންދުރުއެވެ. އެ ހޮސްޕިޓަލުގައި ކުރިން ވަޒީފާވެސް އަދާކުރި ލަޔާންގެ ބިލަށް އެއްވެސް އެއްޗެއް ޓްރީޓޮޕުން ޗާޖެއް ނުކުރެއެވެ.

ގުރުއާނުގެ އިލްމަށް މޮޅު

ގައުމީ ޔުނިވާސިޓީ ގައި މެނޭޖްމެންޓު ކޯސް ކިޔަވަމުން ދިޔަ ލަޔާން އަކީ ގްރޭޑް ހަތަރަކުން ފެށިގެން ގުރުއާން ކިޔެވުމުގެ މުބާރާތްތަކުން މޮޅު ވަނަތަކެއް ހޯދަމުން އައި ދަރިވަރެކެވެ. ކ. ހުރާގައި ތައުލީމު ހާސިލުކުރިއިރު ގުރުއާން ހިތު ދަސްކުރުމުގެ މުބާރާތުން ލަޔާން އެއްވަނަ ހޯދިއެވެ.

އޭގެ ފަހުން މާލެ ކަލާފާނު ސްކޫލުގައި ކިޔެވިއިރު ގުރުއާން ހިތުދަސްކުރުމުގެ މުބާރާތުން އެއްވަނާ އާއި މަޖީދިއްޔާގައި ކިޔަވަން އުޅުނުއިރު އެ ސްކޫލުގައި ބޭއްވި ގުރުއާން މުބާރާތުންވެސް އެއްވަނަ ލަޔާންއަށް ލިބުނެވެ. އިނާ ބުނީ ގުރުއާނުގެ 25 ފޮތް ލަޔާން ހިތުދަސްކޮށްފައިވެއެވެ.

އޭނާ އަކީ ގުރުއާނާ ބެހޭ މަރުކަޒުގެ ހިފްޒު ކުލާހުގައި އުޅޭ ކުއްޖެއް، އޭނާ އިންނާނެ ގުރުއާނާ ބެހޭ މަރުކަޒަށް 18 ފޮތް ކިޔާދީފައި، އަދި މުރާޖާ ނުނިމޭ ފޮތް ކިޔައި ނުދެވޭ، ހިތުން އެނގޭނެ 25 ފޮތް، ކުރީގެ ކޮޅުން 24 ފޮތް، ފަހަތުކޮޅުން އެއް ފޮތް

ގުރުއާން ހިފްޒުކުރުމުން، ހެޔޮއެދޭ ފަރާތަކުން ލިބުނު ފުރުސަތެއްގައި ލަޔާން ވަނީ އުމްރާގެ އަޅުކަންވެސް އަދާކޮށްފައެވެ. ގުރުއާނުގެ އިތުރުން މަދަހަ މުބާރާތްތައް ހިމެނޭހެން ގާތްގަނޑަކަށް ސްކޫލުގެ އެކި މުބާރާތްތަކުން 100 އަށްވުރެ ގިނަ ޓްރޮފީ ލަޔާންއަށް ވަނީ ލިބިފައެވެ.

އެއީ އަޅުގަނޑުމެން ވަރަށް އުއްމީދާ އެކު ބޮޑުކުރަމުން އައި ކުއްޖެއް، ބާކީ ފަސް ފޮތްވެސް ދަސްކޮށްލުމުގެ އުއްމީދުގައި، ބުނި ރޯދަ މަހު އޭނާގެ އަޑުން ހުރިހާ ފޮތެއް ރިކޯޑްވެސް ކޮށްދޭނަމޭ މަންމައަށް

ރައްޓެހިންނަށް ވަރަށް ރަނގަޅު ވާނެ

''ބަލިވެ އުޅުނުއިރު ވަރަށް އެހީވެދިން، ދޫކޮށް ދިޔަކަން ގަބޫލެއް ނުކުރެވޭ'' މީގެ ފަސް އަހަރު ކުރިން ލަޔާންއާ ބައްދަލުވި މުހައްމަދު އަފްލާހު، ސިފަކުރީ މިހެނެވެ. ކްލަބު މެޑުގައި ވަޒީފާގައި އުޅޭ އަފްލާހުއަށް ޒަޔާންއާ ބައްދަލުވި ހުރާއިންނެވެ.

އެ ރަށުން ދިމާވީ އެ ރައްޓެއްސަކީ، އަފްލާހު ސިފަކުރާގޮތުންނަމަ އޭނާގެ އާއިލާގެ މެމްބަރެކެވެ. އެހާވެސް ގާތެވެ. ''ވަރަށް ރަނގަޅުވާނެ، އެންމެ ޑައުންވި އިރުވެސް އޭނާ ހުރި އަހަންނާ އެކު'' އިމިގްރޭޝަންގެ ވޭނެއްގައި ޖެހި ނިޔާވީ ލަޔާންއާ ގުޅޭ ގޮތުން އަފްލާހު ކިޔައިދިނެވެ.

އެކްސިޑެންޓުންވީ ބުޅަލެއް ފެނިގެން, ކަޓުވާލަން އުޅުނީމަ

އިނާ ބުނީ ލަޔާން އެކްސިޑެންޓުވީ ރައްޓެއްސަކު ގެއަކަށް ލާފައި އަންނަނިކޮށް ކަމަށެވެ. އެކަމަކު ސީދާ އެއީ ކާކު ކަމެއް އިނާއަކަށް ނޭގޭއެވެ. ގެއަށްދާއިރު ބާރު ސްޕީޑުގައި ލަޔާން ސައިކަލް ދުއްވާފާނެ ކަމަށް އިނާގެ ހިތެއް ނުބުނެއެވެ. ލަފާކުރެވޭ ގޮތުން ލަޔާން އެކްސިޑެންޓުވީ ބުޅަލެއް ފެނިގެން ސައިކަލުގެ ބުރަކި ހިފަން އުޅުމުގެ ތެރޭގައެވެ.

އެރޭ އެހާ ބާރަކަށް ނޫން އޭނަ ދުއްވާފައި އިނީ، އަޅުގަނޑުމެންނަށް ބެލެވެނީ ކުރިމަތިން ބުޅަލެއް ހުރަސް ކުރިއްޔޭ، ހުރަސް ކުރީމާ އެ ބުޅަލުން ކަޓުވާލަންވެގެން ބުރައްކަށް ފިތާލުމުގެ ބަދަލުގައި ސްޕީޑަށް ފިތާލެވުނީ ކަމަށް

ލަޔާންގެ ޖަނާޒާގައި ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވިއިރު އޭނަގެ މައްޗަށް ކަށު ނަމަދު އިމާމުވެ ކުރީ ލަޔާންގެ ރައްޓެއްސެއް ކަމަށް ޝަމްއޫލް ޖިހާދުއެވެ.

  1. ބާރު ސްޕީޑްގަ ވެހިކަލް ދުއްވާ މީހުން މިކަމުން އިބުރަތް ހާސިލްކުރޭ. ލަޔާން ދުއްވާފަ ދިޔައީ ވަރަށް ބާރު ސްޕީޑްގަކަން އެ ވެހިކަލްއަށް ބަލާލިމަ އެނގޭ. ލަޔާން އަށް ސުވަރުގޭގެ މަތިވެރި ނިޢުމަތް ލައްވާށި. އާމީން

  2. ހަސާނާ

    ވ ވަރައް ވެސްހިތާމާވެރި ނަމަވެސް ސައިކަލުއްވާފައި ހުރީ ވ ވ ބާރު އިސްޕީޑެއް ކަން ބެލެވޭ ސައިކަލަށް ވެފައި ހުރި ވަރު ބެލީމަ . މަޔަކަަށް ކުުރާނެ އަސަރު އިހްސާސް ކުރެވޭ .ދުޢާއަކީ ސުވަރުގޭގެ މަތިވެރި ނިއުމަތް ދެއްވުން.

  3. ހެހެ.. ދޮންފުތު ވާތީ މައްސަލައަކީ. ސްޕީޑް ވާރުވީމާ އެވަރު ވަނީ.