ދެން ރެސިޕީ: ލެމަން އައިސް ޓީ

ބޭނުންވާތަކެތި:
6 ޖޯޑު ފެން
8 ސިލޯން ޓީ ސައިފަތް ޕެކެޓު
10 މޭޒުމަތީ ސަމުސާ ހަކުރު
3 މޭޒުމަތީ ސަމުސާ ލުނބޯ ހުތް
2 ލެމަން (ވަށްކޮށް ފޮތިކޮށްފައި)
ތައްޔާރުކުރާނެގޮތް:
އެންމެ ފުރަތަމަ ފެން ކައްކާށެވެ. ދެން އުނދުން ނިވާލާފައި ސައިފަތް ޕެކެޓުތައް ތެލީގެ ތެރެއަށް ލާށެވެ. ތެއްޔަށް ހަކުރު އަޅާ ރަނގަޅަށް ގިރާލާށެވެ. ދެން ތެލީގައި ހުރި ސައި އެއްކޮށް ހިހޫ ކުރާށެވެ. ހިހޫ ވު,ުން ދެން ލެމަން ޖޫސް އޭގެ ތެރެއަށް އަޅާފައި ރަނގަޅަށް އެއްވަންދެން ގިރާލާށެވެ. ދެން އައިސް އަލަމާރިއަށްލައި ފިނި ކޮށްލާށެވެ.