ޚަބަރު

ފިތުރު ޒަކާތް ބަލައިގަންނަން ފަށައިފި

ރައުފާ ރަޝީދު ، ދެން އޮންލައިން

މި އަހަރުގެ ފިތުރު ޒަކާތް ބަލައިގަންނަން ފަށައިފިއެވެ.

Ads by STELCO

މޯލްޑިވްސް ޒަކާތު ހައުސް އިން ނެރުނު ބަޔާނެއްގައި ބުނީ އިއްޔެ އިން ފެށިގެން އަންނަ މަހު ހައެއްގެ ނިޔަލަށް އޮންލައިންކޮށް ފިތުރު ޒަކާތް ބަލައިގަތުމުގެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށެވެ.

ރަސްމީ ބަންދު ނޫން ދުވަސްތަކުގެ ހެނދުނު 9:30 އިން 13:00 އަށް ޒަކާތް ދެއްކޭނެ އިންތިޒާމް ވަނީ ހަމަޖައްސަވާފައެވެ. އަދި ރަމަޟާން މަހުގެ ފަހު 10 އަކީ ސަރުކާރު ބަންދު ދުވަސްތަކަކަށްވުމުން ހުކުރު ހޮނިހިރު ފިޔަވާ ކޮންމެ ދުވަހެއްގެ ހެނދުނު 11:00 އިން 14:00 އަށް ޒަކާތް ދެއްކޭނެ އިންތިޒާމް ވަނީ ހަމަޖައްސަވާފައެވެ.

މާލެ ސަރަޙައްދުގައި ފިޠުރު ޒަކާތުގެ ގޮތުގައި ދައްކަންޖެހޭ ފައިސާގެ ޢަދަދު

* އާދައިގެ ހަނޑޫ - 12 ރުފިޔާ
* ތައިލެންޑް ހުދު ހަނޑޫ - 70 ރުފިޔާ
* ރަތް ހަނޑޫ - 80 ރުފިޔާ
* ބާސްމަތީ ހަނޑޫ (އާދައިގެ) - 70 ރުފިޔާ
* ބާސްމަތީ ހަނޑޫ (މޮޅު) - 100 ރުފިޔާ
* ބާސްމަތީ ހަނޑޫ (އެންމެ މޮޅު) - 125 ރުފިޔާ
* އާދައިގެ ފުށް - 10 ރުފިޔާ
* އާޓާ ފުށް - 75 ރުފިޔާ

ފިޠުރު ޒަކާތް ބަލައިގަތުން އޮންލައިންކޮށްވެސް ހަމަޖެހިފައިވާކަމަށާއި މިގޮތުން ދިރާގުގެ ދިރާގުޕޭ، ދިރާގު އަދި އުރީދޫގެ އެސްއެމްއެސް، އުރީދޫގެ އެމްފައިސާ، އުރީދޫ ސެލްފްކެއަރ، މޯލްޑިވްސް އިސްލާމިކް ބޭންކްގެ ފައިސާ މޮބައިލް، މޯލްޑިވްސް އިސްލާމިކް ބޭންކްގެ އިންޓަރނެޓް ބޭންކިންގ،  ބޭންކް އޮފް މޯލްޑިވްސް ޕޯޓަލް، ފަހި ޕޭ، އަދި މިނިސްޓްރީ އޮފް ފިނޭންސްގެ ބަނޑޭރި ޕޭ މެދުވެރިކޮށް ޒަކާތް ދެއްކޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން މައުލޫމާތު ދެއްވައެވެ. އަދި ބަނޑޭރި ޕޭ މެދުވެރިކޮށް ރަމަޟާންމަހުގެ އެންމެ ފަހު ދުވަހާ ހަމައަށް ޒަކާތް ދެއްކޭނެ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!