ދެން ރެސިޕީ: ބަނާނާ ބްރެޑް ޓްރިފްލް
ބޭނުންވާތަކެތި:
3 ކުޑަ ދޮންކެޔޮ ވައް
1 ޖޯޑު ބްރެޑް ކްރަމްބް ކިއުބްސް
2 މޭޒުމަތީ ސަމުސާ ކަސްޓަޑް ޕައުޑަރ
360 މިލިލީޓަރު ފުލް ކްރީމް ކިރު
1/8 ސައިސަމުސާ ވެނީލާ އެސެންސް
3 މޭޒުމަތީ ސަމުސާ ހަކުރު
4 ވެނީލާ ކޭކް
4 ސައިސަމުސާ ޗޮކްލެޓް ޗިޕްސް
ތައްޔާރުކުރާނެގޮތް:
ދޮންކެޔޮތައް ފޮތިކޮށްލާށެވެ. ކުޑަ ބޯތަށްޓަކަށް ކަސްޓަޑް ޕައުޑަރާއި 2 މޭޒުމަތީ ސަމުސަލުގެ ފުލް ކްރީމް ކިރު އަޅާ ރަނގަޅަށް އެއްކޮށްލާފައި ބާކީ ހުރި ކިރުކޮޅު ތެއްޔަކަށް އަޅާ މެދު ގިނީގައި ހޫނު ކުރާށެވެ.
ކިރު ހޫނު ވުމުން އެއްކުރި ކަސްޓަޑް އެއްޗާއި ވެނީލާ އެސެންސް އަދި ހަކުރު އަޅާ ހުރިހާ އެއްޗެއް އެއްކޮށްލާށެވެ. މެދު މިންވަރަކަށް އޮލަ ވެލަންދެން ކައްކާލާށެވެ.
ވެނީލާ ކޭކްތައް ތަށްޓެއްގައި ބާއްވާފައި އުލަކުން ފުނޑުވާލާށެވެ.
ތައްޓެއް ނަގައި ކޭކް މިކްސްގެ ލޭޔަރެއް އަޅާލާށެވެ. ދެން ދޮންކެޔޮ ފޮތިތައް ތަށިތަކުގެ ވަށައިގެން ކޮޅަށް ވާގޮތަށް އަތުރާލާށެވެ. ދެން ކަސްޓަޑު އަޅާށެވެ. އޭގެ މައްޗަށް ބްރެޑް ކްރަމްބްސް އަލާލާށެވެ. އޭގެ މައްޗަށް ކަސްޓަޑް ކޮޅެއް އަނެއްކާވެސް އަޅާލުމަށްފަހު ޗޮކްލެޓް ޗިޕްސް އަޅާށެވެ. ފިނިކޮށްލައިގެންވެސް ފިނި ނުކޮށްވެސް މި ކާލެވޭނެއެވެ.