ރެސިޕީ

ދެން ރެސިޕީ: ބީފް ބޮލޮގްނީސް ޕިއްޒާ

ރައުފާ ރަޝީދު ، ދެން އޮންލައިން

ބޭނުންވާތަކެތި:

ފިޔާ
3 ލޮނުމެދު
3 މޭޒުމަތީ ސަމުސާ އޮލިވް އޮއިލް
200 ގްރާމް މިންސްޑް ބީފް
½ ދަޅު ޕީލްޑް ޓޮމާޓޯ (200 ގްރާމް)
1 ކުޑަ ދަޅު ޓޮމާޓޯ ޕޭސްޓް
1 ސައިސަމުސާ ތެޅި މިރުސް
½ ސައިސަމުސާ ލޮނު
½ ސައިސަމުސާ މުގުރި އަސޭމިރުސް
½ ސައިސަމުސާ ހަކުރު
1 ސައިސަމުސާ ޑްރައިޑް ރޯސްމެރީ
ފުށްގަނޑަށް
1 ޕިއްޒާ ކްރަސްޓް މިކްސް
1 ޖޯޑު ތާފަނާ ފެން
½ 2 މޭޒުމަތީ ސަމުސާ ވެޖިޓަބަލް ތެޔޮ
2 މޭޒުމަތީ ސަމުސާ ފުށް
ޓޮޕިންގްއަށް
½ 1 ޖޯޑު ގާނާފައިހުރި މޮޒްރެލާ ޗީޒް

Ads by WAMCO

ތައްޔާރުކުރާނެގޮތް:

ފިޔާ އަދި ލޮނުމެދު ތުނިކޮށް ކުދިކޮށް ކޮށާލާށެވެ. ތެއްޔަކަށް ތެޔޮ އަޅާ ހޫނު ކުރާށެވެ. ދެން ފިޔާ، ލޮނުމެދު ތެލުގެ ތެރެއަށް އަޅައި މެދު ގިނީގައި ކައްކާލާށެވެ. ދެން މިންސްޑް ބީފް އަޅާފައި ގަދަ ގިނީގައި އަނެއްކާވެސް ކައްކާލާށެވެ. ޕީލްޑް ޓޮމާޓޯ، ޓޮމާޓޯ ޕޭސްޓް، ތެޅި މިރުސް، ލޮނު، އަސޭމިރުސް އަދި ރޯސްމެރީ އަޅާށެވެ. ހުރިހާ އެއްޗެއް އެއްކޮށްލާފައި ބީފްކޮޅު ރޯފިލަންދެން މެދު ގިނީގައި ކައްކާލާށެވެ.

ޕިއްޒާ ކްރަސްޓް މިކްސް ބޮޑު ބޯތަށްޓަކަށް އަޅާށެވެ. ޔީސްޓް ޕެކެޓުވެސް އޭގެ ތެރެއަށް އަޅާށެވެ. ތެލާއި ތާފަނާ ފެން އަޅައި ފުށްގަނޑަކަށް ވަންދެން އެއްކޮށްލާށެވެ. ދެން ބޯތަށީގެ މަތީގައި ސާފު ފޮތިގަނޑެއް އަޅާފައި 20 މިނިޓު ބަހައްޓާލާށެވެ. 20 މިނިޓު ހަމަ ވީމައި ފޮތިގަނޑު ނަގާފައި ފުށްގަނޑު މޮޑެލާށެވެ. ރޮށި ދަމާގޮތަށް ފުށްގަނޑު ވަށްކޮށް ދާމާލާށެވެ.

ޕިއްޒާ ފިހާނެ ތަބަކުގެ މަތީގައި ބޭކިންގް ކަރުދާސް އަޅާށެވެ. ދެން އޭގެ މަތީގައި ދެމި ފުށްގަނޑު ބާއްވާލާފައި ކުޑަކޮށް ފަތުރާލާށެވެ. ދެން ކެއްކި ސޯސްގަނޑު ފުށްގަނޑުގެ މަތީގައި ފަތުރާލާށެވެ. ދެން އެއަށްފަހު އޭގެ މަތީގައި މޮޒަރެލާ ޗީޒް ފަތުރާލާށެވެ.

230 ޑިގްރީސް ސެލްސިއަސްގައި 10 މިނިޓު ވަންދެން އަވަން ހޫނު ކުރަން ޖައްސާށެވެ. އަވަން ހޫނުވެ ނިމުމުން ފުށްގަނޑަށް ރަންކުލަ އަރައި ޗީޒް ވިރެންދެން ފިހާށެ

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!