ދިރިއުޅުމުގެ އައު ސަފްހާއާ އެކު ފެށި ވިޔަފާރި: އަލާއި ގްރެބްސް

ކުރިން ވެސް ކެއްކުމަށް ޝައުގު ހުއްޓެވެ. ކުޑައިރުއްސުރެން އެއީ އޭނާގެ ހިތް ޖެހިފައިވާ މަސައްކަތެކެވެ. ގެއަށް އަންނަ މެހެމާނުންނަށް، މެހެމާންދާރީ އަދާކޮށްދެނީ މީރު ރަހަތަކުގެ ހިދުމަތުންނެވެ. އެކަމަކު ވަޒީފާއާއި ދިރިއުޅުމުގެ ހަލަބޮލިކަމުން ހިންދެމިލާނެ ވަގުތެއް ނުލިބޭތީ، ކެއްކުމުގެ ހުނަރުން އާމްދަނީއެއް ހޯދުމަށް މާ ބޮޑު ފޯކަސްއެއް ދެވިފައެއް ނުވެ އެވެ.
ކުރިން މާކެޓިން ދާއިރާގައި މަސައްކަތް ކުރަމުން އައި އައިޝާއަށް އޭނާގެ އަންހެން ދަރިފުޅު އަލައިއާ ލިބުމުން، ދެން އައިޝާ ނިންމީ ދަރިފުޅާއި އެކު ވަގުތު ހޭދަ ކުރަމުން އޭނާއަށް ލިބޭ ހުސް ވަގުތުގައި، އޭނާ އެންމެ ޝައުގެވެރިވާ މަސައްކަތް ވިޔަފާރިއެއްގެ ގޮތުގައި ފެށުމަށެވެ. ފިރިމީހާގެ އެއްބާރުލުމާއެކު، ކާބޯތަކެތީގެ ވިޔަފާރިއެއް ދެން ފެށި އެވެ.
<iframe style="border: none; overflow: hidden;" src="https://www.facebook.com/plugins/video.php?height=476&href=https%3A%2F%2Fwww.facebook.com%2FDhenFeedMV%2Fvideos%2F742594067972353%2F&show_text=true&width=357&t=0" width="357" height="591" frameborder="0" scrolling="no" allowfullscreen="allowfullscreen"></iframe>
މި ވިޔަފާރީގެ ނަން ވެސް އައިޝާ ގުޅުވާލީ އޭނާގެ ތުއްތު ފުރާނައާ އެވެ. "އަލާއި ގްރެބްސް" އެވެ.
[caption id="attachment_216122" align="aligncenter" width="1024"]<img class="wp-image-216122 size-large" src="https://cdn.dhen.mv/wp-content/uploads/2024/03/photo1710861891-1-1024x682.jpeg" alt="" width="1024" height="682" /> އައިޝާ "ދެން"އަށް އިންޓަރވިއު ދެނީ..[/caption]
އޮންލައިންކޮށް ހިންގާ މި ވިޔަފާރި މެދުވެރިކޮށް ދިވެހިންގެ މެދުގައި މަގުބޫލު ބާވަތްތައް ލިބެން ހުރެއެވެ. މޯމޯސްއާއި، ބްރައުނީޒް އަދި ޗީޒްކޭކަކީ އަލާއި ގްރެބްސް އިން މިހާރު ވެސް އެންމެ ވިކޭ ތަކެއްޗެވެ. އެކަމަކު، ކޮންމެ މެދު ފަންތީގެ ވިޔަފާރިއެކޭ އެއް ގޮތަށް މި ވިޔަފާރި ވެސް ކުރިއަރުވަން ގޮންޖެހުންތަކެއް އެބަ ހުއްޓެވެ.
"ކްރޭވިންސް އެއީ މީހަކަށް ކޮންޓްރޯލް ކުރެވޭނެ ކަމެއް ނޫން. އެންމެ ބޮޑަށް ބޭނުން ވަނީ އިންސްޓްޓޭންޓު ޕާޗެސްއަށް އެއްޗެހި ވިއްކަން ކަސްޓަމަރުންނަށް"
މިވަގުތު އަލާއި ގްރެބްސް އިން ތަކެތި އެއް ދުވަސް ކުރިން އޯޑާ ކުރަން ޖެހުނަސް އައިޝާގެ އެންމެ ބޮޑު އެއް އުންމީދަކީ، ކަސްޓަމަރު ބޭނުންވާ ބާވަތް ވަގުތުން ވަގުތަށް އެ ކަސްޓަމަރަކަށް ފޯރުކޮށްދިނުން ކަމަށް އައިޝާ ބުންޏެވެ.
މިފަދަ ވިޔަފާރިއެއް ފަށަން ބޭނުންވާ ކުދިންނަށް އައިޝާ ދޭން ބޭނުންވާ މެސެޖަކީ، ކިތަންމެ ގޮންޖެހުންތައް ގިނައަސް، ކުރަން ބޭނުންވާ ކަމެއް ކުރަން ދެމި ހުންނަން ވާނެ އެވެ. އެ ކަމެއް ކުރަން ބޭނުންވާ ނަމަ ކޮންމެވެސް އެއް ގޮތަކުން އެ ކަމެއް ކުރެވޭނެ މަގުތަކެއް ހޯދޭނެ އެވެ. ބޭނުން ވަނީ އެ މަގުތައް ކޮށުމެވެ.







ކޮމެންޓް