އަންނަ މަހުގެ 15 ގައި ގެސްޓްހައުސްތައް ހުޅުވާލަނީ

އަންނަ މަހުގެ 15 ވަނަ ދުވަހުން ފެށިގެން، ރާއްޖޭގެ ގެސްޓްހައުސްތައް ހުޅުވަން ހުއްދަ ދޭން ނިންމައިިފި އެވެ.
ގެސްޓްހައުސްތައް ހުޅުވަން ހުއްދަ ދޭން ނިންމާފައި ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއެކު ކޮވިޑް-19 ޓާސްކްފޯސް ރޭ ބޭއްވި ބައްދަލުވުމުގައެވެ.
ބައެއް މީޑިއާތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި ގެސްޓުހައުސްތައް ހުޅުވުމަށް އެންމެ ފުރަތަމަ ހުއްދަ ދޭނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ފުރިހަމަ ކުރާ ރަށްރަށަށެވެ.
ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް ލޮކްޑައުން ކުރުމަށް ފަހު ރާއްޖޭގެ ބޯޑަރުތައް ފަތުރުވެރިންނަށް އަލުން ހުޅުވާލާފައި ވަނީ ޖުލައި 15 ގައެވެ.
ބޯޑަރު ހުޅުވާލި ނަމަވެސް ޓޫރިސްޓުން ގެންނަ ހުއްދަ ދީފައިވަނީ ރިސޯޓްތަކާއި ސަފާރީ ތަކަށެވެ. ގެސްޓް ހައުސް ހުޅުވަން ފުރަތަމަ ނިންމީ މިދިޔަ މަހުގެ 15 ގައެވެ. ނަމަވެސް ކޮވިޑް-19 ގެ ބަލި ފެތުރޭތީ އެ ތާރީިހު ސަރުކާރުން ވަނީ ފަސްކޮށްފައެވެ.