Thursday, 5 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

"އިހުސާސް" ޕްރޮގްރާމް ދެއްކުމުގެ ކުރިން އިތުރަށް ބަލަން ނިންމައިފި

"އިހުސާސް" ޕްރޮގްރާމް ދެއްކުމުގެ ކުރިން އިތުރަށް ބަލަން ނިންމައިފި

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހާއްސަކޮށްގެން ދައުލަތުގެ މީޑިއާ ''ޕީއެސްއެމް'' އިން ގެނެސްދޭ، ''އިހުސާސް'' ޕްރޮގްރާމްއާ ގުޅިގެން އަމާޒުވި ފާޑުކިޔުންތަކާއި ހެދި އެ ޕްރޮގްރާމް ދެއްކުމުގެ ކުރިން އިތުރަށް ބެލުމަށް ނިންމާފައިވާ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޒީނާ ޒާހިރު މިއަދު ވިދާޅުވެއްޖެއެވެ.

ކޮންމެ އަހަރެއްގެ ރަމަޝާން މަހު ޕީއެސްއެމްއިން ސިލްސިލާކޮށް ކުރިއަށްގެންދާ އިހުސާސް ޕްރޮގްރާމް ކުރިއަށް ގެންދާތާ މިއީ ހަތަރު ވަނަ އަހަރެވެ. އެ ޕްރޮގްރާމް ހުށަހަޅައިދެނީ ޓީވީ ހޮސްޓު އަދި މި ސަރުކާރުގެ ޖެންޑާ މިނިސްޓްރީގެ ނައިބު އާމިނަތު ނަމްޒާއެވެ.

މި ރޯދަ މަހުގެ ފުރަތަމަ އެޕިސޯޑުގައި ނުކުޅެދުންތެރިކަން ހުންނަ ކުއްޖަކާއި ނަމްޒާ ކުރި ސުވާލުތަކާއި ގުޅިގެން އާއްމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ. ނަމްޒާގެ ބަސްމަގު ހުންނަނީ ނުކުޅެދުންތެރިކަން ހުންނަ މީހުން ''ހިތުގައި ޖައްސާ'' ގޮތަށް ކަމަށް ޝޯޝަލް މީޑިއާގެ ޕޯސްޓުތަކުގައި ކޮމެންޓުކުރި މީހުން ބުނެފައިވެއެވެ.

Advertisement
Allied — Dhen Online (box)

ޕްރޮގްރާމްއަށް އަމާޒުވެފައިވާ ފާޑުކިޔުންތަކާއި ގުޅިގެން މި ނޫހާ ވާހަކަ ދައްކަމުން ޕީއެސްއެމްގެ އެމްޑީ ޒީނާ ޒާހިރު ވިދާޅުވީ، އާއްމުންގެ ހުރި ކަންބޮޑުވުންތަކާއި ގުޅިގެން ޕްރޮގްރާމް ޑިޕާޓްމެންޓުގެ އެންމެ އިސްވެރިޔާ އާއި ޕްރޮގްރާމްގެ ހޮސްޓާއާ ވާހަކަ ދައްކާފައިވާނެ ކަަމަށެވެ.

ޒިނާ ވިދާޅުވި ގޮތުގައި އެ ޕްރޮގްރާމްގައި ރަނގަޅުކުރަން ޖެހިފައިވާ ކަންތައްތަކެއް ފާހަގަކުރެވިފައިވެއެވެ.

އަދި އެ ކަންތައްތަކާއި ގުޅޭ ގޮތުން މަޝްވަރާތަކެއްކޮށް ޕްރޮގްރާމް 'އޮން' އެއާ ކުރުމުގެ ކުރިން އިތުރަށް ބެލުމަށް އިރުޝާދު ދީފައިވާނެ ކަމަށް ވިދާޅުވިއެވެ.

''މިހާރު ވަނީ އަންގާފައި ސެންސިޓިވް ކޮންޓެންޓް ހިމެނޭ ޕްރޮގްރާމްތައް ކޮންޓެންޓު ކޮމިޓީން ވަރަށް ރަނގަޅަށް ބެލުމަށް ފަހު އޮންއެއާ ކުރަން'' ޒީނާ ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް