ޚަބަރު އިޖުތިމާޢީ

ބިން ހިއްކުމުގެ ޕްލޭންތަކާއި މެދު އަލުން ވިސްނަންޖެހޭ: ނަޝީދު

ފާރިހާ ޢަދުނާން ، ދެން އޮންލައިން
ކުރީގެ ރައީސް މުހައްމަދު ނަޝީދު

ސަރުކާރުން ރާވާފައިވާ ބިންހިއްކުމުގެ ޕްލޭންތަކާއި މެދު އަލުން ވިސްނަން ޖެހޭ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ނަޝީދު މިރޭ "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ބިންހިއްކުމަށް ސަރުކާރުން ރާވާފައިވާ ޕްލޭންތަކުގެ ތެރެއިން ހާއްސަކޮށް، ހިއްކާފައިވާ މުރަކަ ފަރުތަކާއި ފަޅުތަކުގައި އެޅުމަށް ހަމަޖެހިފައިވާ ރިސޯޓުތަކުގެ ޕައިޕްލައިންގެ މަސައްކަތާއިމެދު އަލުން ވިސްނަން ޖެހޭ ކަމަށެވެ.

އެ މަސައްކަތަށް ބޭނުންކުރެވިދާނެ ފަޅުރަށްތައް އެބަހުރި ކަމަށާއި، އެ މަސައްކަތަށް ފަޅުރަށްތައް ބޭނުންކުރަން ޖެހޭ ކަމަށް ވެސް ވިދާޅުވިއެވެ.

އިތުރަށް ނަޝީދު ވަނީ ރާއްޖޭގެ ފަތުރުވެރިކަން ތަރައްގީކުރުމަށް ފަޅުތަކާއި، ފަރުތައް ހަލާކުނުކޮށް، އެ ތަންތަން ރައްކާތެރިކުރުމަށް ގޮވާލައްވާފައެވެ.

ނަޝީދު މިފަދައިން ވިދާޅުވެފައިވަނީ، ސަރުކާރުން ރައީސް ފުށިދިއްގަރު ފަޅުގައި ގޯއްޗާއި ފްލެޓު ހިމެނޭ ގޮތަށް 65،000 ހައުސިން ޔުނިޓު ޤާއިމުކުރުމުގެ މަޝްރޫއު ކުރިއަށް ދަނިކޮށެވެ. މިއީ، ރާއްޖޭގެ ތާރިހުގައި ހިންގޭ ބިން ހިއްކުމުގެ އެންމެ ބިޔަ މަޝްރޫޢުއެވެ.

Ads by Ooredoo
  1. ލިމޮ

    މިދެން ކާކު އަނގަހާވަން!

    • ނަސީބު

      ކަލޭ އެފްރިކާ ބައްރުގެ ހަނަފަސްކަމަށް ވިސްނާ ބޯގޮވުންނރަނގަޅުވާނެ

  2. އެމީހާ

    ބިން ނުހިއްކިއަސް ރާއްޖޭގަ ބިންހުރި ރައްތަކުގަ ޕުރޮޖެކްޓް ޖެއްސީމަ ކަޑައީތަ