ޚަބަރު

ރައީސް ޔާމީންގެ އިސްތިއުނާފު: އަޑުއެހުންތައް ނިންމާލައިފި، ދެން އޮތީ ހުކުމް އިއްވުން!

މަރްޔަމް ވަޙީދާ ، ދެން އޮންލައިން
ފޮޓޯ:ސަން

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންގެ މައްސަލައިގައި ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމުގެ އިސްތިއުނާފު އަޑުއެހުންތައް މިއަދު ނިންމާލައިފިއެވެ.

Ads by Hajj Corporation

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) މެދުވެރިކޮށް ގއ. ވޮޑަމުލާ ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ އެއް މިލިއަން ޑޮލަރު ލޯންޑާ ކުރިކަން ރައީސް ޔާމީންގެ މައްޗަށް ސާބިތުވެ، އެމަނިކުފާނަށް ފަސް އަހަރުގެ ޖަލު ހުކުމަކާއި، ފަސް މިލިއަން ޑޮލަަރުން ޖޫރިމަނާ ކުރަން ކްރިމިނަލް ކޯޓުން ހުކުމް ކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ފަހުކޮޅެވެ.

ހައިކޯޓުގައި އެހުކުމް ކޮށްފައިވާއިރު، މިއަދު ވަނީ ދެ ފަރާތުން ހުލާސާ ބަޔާން ހުށަހެޅުމަށް އަޑުއެހުމެއް ބާއްވާފައެވެ.
ރައީސް ޔާމީންގެ ފަރާތުން ޚުލާސާ ބަޔާން ހުށަހަޅުއްވައި ދެއްވީ ރައީސް ޔާމީންގެ ގާނޫނީ ވަކީލް، ކުރީގެ ނައިބު ރައީސް ޑރ. އަހުމަދު ޖަމީލް އެވެ. އަދި އަމިއްލަ ދިފާއުގައި ރައީސް ޔާމީން ވެސް މިއަދުގެ އަޑުއެހުމުގައި ވަނީ ވާހަކަފުޅު ދައްކަވާފަ އެވެ.

މިއަދު ބޭއްވި އަޑުއެހުމުގައި ޑރ. ޖަމީލު ވިދާޅުވީ ރައީސް ޔާމީންގެ އެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާކޮށްފައިވާ އެސްއޯއެފް ކުންފުންޏަކީ ގާނޫނާ ހިލާފު ވިޔަފާރިއެއް ކުރާ ކުންފުންޏެއް ކަމަށް އެއްވެސް އިދާރާއަކުން ނިންމާފައި ނުވާއިރު އެ ކުންފުނިން ރައީސް ޔާމީނަށް ޖަމާކޮށްފައިވާ ފައިސާއަކީ ގާނޫނާ ހިލާފު ފައިސާއެއް ކަމަށް ބުނުމުން ހަމައެއް ނުޖެހޭ ކަމަށެވެ.

އަޑުއެހުން ނިއްވާލައްވަމުން، ފަނޑިޔާރުންގެ ބެންޗުން އިއުލާން ކުރެއްވީ، އިތުރުކަމެއް ސާފުކުރަން ނެތް ނަމަ ދެން އޮންނަ އަޑުއެހުމެއްގައި އޮންނާނީ މިމައްސަލައިގެ ހުކުމް އިއްވުން ކަމަށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!