ޚަބަރު ސިޔާސީ

ވައުދެއް ނުފުއްދުނު ކަމަށް ބުނެ މެންބަރު ހަލީމަށް ފީއަލިން ހުރަސް އަޅައިފި

ފައިނާ ފާއިޒް ، ދެން އޮންލައިން
ފ. ފީއަލީގައި ހިނގި ހަމަނުޖެހުމުގެ ތެރެއިން

ދާއިރާގެ ރައްޔިތުންނަށް ވެފައިވާ ވައުދުތައް ނުފެއްދޭ ކަމަށް ބުނެ، ފ. ބިލެތްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް (ދޮންބިލެތް) އެ އަތޮޅު ފީއަލިއަށް ވަޑައިގެންނެވުމުން ސަރުކާރު ހިންގާ ޕާޓީ ޕީޕީއެމް/ޕީއެންސީ އަށް ސަޕޯޓަރުންތަކެއް ހުރަސް އަޅައިފިއެވެ.

Ads by STELCO

އެކަމުގައި އެންމެ އިސްކޮޅު އުޅުނު އެ ރަށު ސީނިއާ އެޑްމިނިސްޓްރޭޓާ ހެލްތު ސާވިސްގެ މަގާމަށް ހަމަޖައްސާފައިވާ މުހައްމަދު ޝިފާއު މިއަދު ''ދެން'' އަށް ވިދާޅުވީ ހަލީމަށް ހުރަސް އެޅީ އެ ރަށު ތިޖޫރީން ގެއްލުނު ފައިސާ ހޯއްދައި ދެއްވާނެކަމަށް ވެވަޑައިގެންނެވި ވައުދު ފުއްދާފައިނުވާތީ ކަމަށެވެ.

މަޖިލީހުގެ ދެވަނަ ދައުރަކަށް ކުރިމަތިލައްވާފައިވާ ހަލީމުގެ ކެމްޕޭނަށް ހުރަސްއެޅުމުން, އެކަން ހުއްޓުވީ ފުލުހުން މެދުވެރިކޮށެވެ.

އެތަނަށް ދިޔައީ ތިޖޫރި ހިފައިގެން އެ ވައުދުގެ މަތިން ހަނދުމަކޮށް ދިނުމަށް އަދި އެކަމާ ގުޅޭގޮތުން ވާހަކަދައްކާ ސުވާލުކުރުމަށް

އޭނާ ވިދާޅުވީ ތިޖޫރީގައި ހުރި ފައިސާ ހޯދީފައި ނުވާއިރު ފައިސާ އަށް އިހުމާލުވި މީހުންވެސް ހޯދައިދޭނެ ކަމަށް ހަލީމްވެވަޑައިގެންނެވި ވައުދު މަތިންވެސް މިހާރު ހަނދާން ނެތް ކަމަށެވެ. ފީއަލީގެ ތިޖޫރީ ފަޅާލައި އޭގައި ހުރި 2.2 މިލިއަން ރުފިޔާ އިން ވަގުން ގެންގޮސްފައިވަނީ 2015 ވަނަ އަހަރުއެވެ.

ހަލީމަށް ހުރަސް އެޅުން ކުށްވެރިކޮށް އޭނާގެ ކެމްޕެއިން ޓީމުން ބުނީ، ސަރުކާރު ޕާޓީގެ އެ އަމަލަކީ އެއްވެސް ވަރަކަށް ބަލައި ގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި ހަމަހަމަ ކަމާއެކު ކެމްޕެއިން ކުރުމުގެ ފުރުސަތު އޮންނަން ޖެހޭނެ ކަމަށެވެ. އަދި ކެމްޕެއިނަށް ހުރަސް އަޅައިގެން ނުވާނެ ކަމަށްވެސް އެ ޓީމުން ބުންޏެވެ.

އިންތިހާބާ ދިމާކޮށް ވާދަވެރި ޕާޓީތަކުގެ ކެންޑިޑޭޓުންނަށް ހުރަސްއަޅާ މައްސަލަ ވަނީ ބޮޑުވެފައެވެ. ކެންޑިޑޭޓުންގެ ހައްގުތަކަށް އުނިކަމެއް ނައަންނަހެން ކެމްޕޭނު ކުރުމަށް އީސީން ދަނީ ތަކުރާރުކޮށް އިލްތިމާސްކުރަމުންނެވެ.

Ads by HDC
  1. ވަގުންނަހީވަނީދެންތިބީވެސްވަގުންނޭ