ޚަބަރު ސިޔާސީ

ސަރުކާރު ކުންފުނިތަކުން ވަކިކުރާ މުވައްޒަފުންނަށް އެމްޑީޕީން ގާނޫނީ އެހީ ދެނީ

ފާރިހާ ޢަދުނާން ، ދެން އޮންލައިން
އެމްޑީޕީ ހަރަކާތެއްގެ ތެރެއިން - ފޮޓޯ: ދެން

ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި މަސައްކަތް ކުރަމުންދާ ގިނަ މުވައްޒަފުންނަށް ވަޒީފާގެ ބިރުދައްކައި، ވަޒީފާއިން ވަކި ކުރަމުންދާނަމަ އެކަން ހިއްސާކުރުމަށް އިދިކޮޅު މޯލްޑިވްސް ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން އެދިއްޖެއެވެ.

Ads by Sosun Fihaara

އެކްސްގައި އެ ޕާޓީއިން ކުރި ޕޯސްޓެއްގައި ބުނީ، ސަރުކާރު ކުންފުނިތަކުގައި މަސައްކަތް ކުރަމުންދާ ގިނަ މުވައްޒަފުން ވަޒީފާއިން ވަކިކޮށް، ވަޒީފާގެ ބިރު ދައްކަމުންދާކަމުގެ މަޢުލޫމާތު ވަނީ އެކިއެކި ފަރާތްތަކުން އެ ޕާޓީއާ ހިއްސާކުރަމުންދާ ކަމަށެވެ.

އަދި އެފަދަ ކަމެއް ހިނގަމުންދާނަމަ، އެ ޕާޓީގެ އީމެއިލް ( ⁦‪[email protected]‬⁩) އަށް ހިއްސާކޮށްދިނުމަށް އެދިފައިވެއެވެ.

ވަޒީފާއިން ކަނޑާލާ ފަރާތްތަކަށް ގާނޫނީ ގޮތުން ފޯރުކޮށްދޭން ޖެހޭ އެހީތަރިކަން ފޯރުކޮށްދޭނެ ކަމަށްވެސް އެމްޑީޕީން ބުންޏެވެ.

މިކަމާއި ގުޅިގެން އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވެސް ވަނީ  މިއަދު އެކްސްގައި ޕޯސްޓް ކުރައްވާފައެވެ.

އެ ޕޯސްޓުގައި ވިދާޅުވީ، މިދިޔަ ދުވަސްތަކުގައި ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި މަސައްކަތްކުރަމުންދާ އެ ޕާޓީގެ ގިނަ މެމްބަރުންތަކެއް ވަޒީފާއިން ވަކިކޮށްފައިވާ ކަމަށެވެ. އަދި ފާއިތުވި 48 ގަޑިއިރު ތެރޭގައި ކެމްޕޭން ހަރަކާތްތަކުގައި އުޅުން ތިން ފަރާތަކަށް ހަމަލާދީފައިވާކަން ފާހަގަ ކޮށްފައިވެއެވެ.

 

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!