ޚަބަރު ސިޔާސީ

މަގޫދޫ އެއާޕޯޓް ހުއްޓާލީ ރައީސްގެ އަމިއްލަ ބޭނުމަކު ކަމަށް ތުހުމަތުކޮށްފި

ފާރިހާ ޢަދުނާން ، ދެން އޮންލައިން
ގަލޮޅު ކެމްޕޭން ޖަލްސާގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވާހަކަފުޅު ދައްކަވަނީ - ފޮޓޯ: އެމްޑީޕީ

ފ. މަގޫދޫގައި ތަރައްގީ ކުރަމުންދިޔަ އެއާޕޯޓް މަޝްރޫއު ހުއްޓާލުމަށްފަހު މި ސަރުކާރުން ދައުލަތުގެ މުޅި ހަޒާނާ ހުސްކުރަމުން ގެންދަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކޮއްކޯފުޅު އިންތިހާބުކުރުމަށް ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ތުހުމަތު ކުރައްވައިފިއެވެ.

Ads by STELCO

އެމްޑީޕީގެ ފަރާތުން ގަލޮޅު އުތުރާއި ދެކުނަށް ވާދަކުރައްވާ ކެންޑިޑޭޓުންގެ ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މަގޫދޫ އެއާޕޯޓް މަޝްރޫއަށް އިޝާރާތްކޮށް ސޯލިހް ވިދާޅުވީ، މި ސަރުކާރުން އަމަލުކުރަމުންދަނީ ވެރިޔަކު ގައުމު ހިންގާ ގޮތަށް ނޫން ކަމަށެވެ. ސަރުކާރު ބަދަލުވީ ނަމަވެސް، އެހެން ސަރުކާރުތަކުން ކުރަން ފައްޓާފައި ހުންނަ މަސައްކަތްތައް ހުއްޓާލެވިގެން ނުވާނެ ކަމަށާއި، އެއީ ކޮށްގެންވާ ވަރު ކަމެއް ނޫން ކަމަށް ވިދާޅުވިއެވެ.

މަގޫދޫ އެއާޕޯޓް އެޅުމުގެ މަޝްރޫއު މަޑު ޖެހިފައިވަނީ މަސައްކަތުގެ ބޮޑުބައެއް ނިމިފައި ވަނިކޮށެވެ. ހަޔާ ބިލްޑިންގްގެ 95 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށާއި، ޓާމިނަލް ރާވާ ނިންމައި، ހިޔާކުރުމުގެ މަސައްކަތް ފަށާފައިވާކަމަށް މަގޫދޫ ކައުންސިލުން މީގެކުރިން މައުލޫމާތު ދީފައިވެއެވެ.

މި ޕްރޮޖެކްޓްގެ މަސައްކަތް ގޮސްފައިވާ ހިސާބު ކިޔައިދެއްވަމުން ސޯލިހް ވިދާޅުވީ، އެއާޕޯޓް އެޅުމަށްޓަކައި 35 ހެކްޓަރުގެ ބިން ހިއްކައި، ދައުލަތުން ގާތްގަނޑަކަށް 115 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށެވެ. ފަޔާ ސްޓޭޝަން އިމާރާތުގެ މަސައްކަތް ނިމުމަކާއި ހިސާބަށް ގޮސް، އޭބީސީ ރަންވޭގައި އަޅާ ނިމިފައިވާ ކަމަށެވެ.

މިހެން އޮތް ކަމެއް އޮތްވާ ހަމަ އަމިއްލަ ބޭނުމަށް އަމިއްލަ ކޮއްކޮ ހޮވުމަށްޓަކައި އެޔޮތީ މުޅި ޕްރޮޖެކްޓް އެހެން ތަނަކަށް ބަދަލުކޮށްފަ. މިކަންތައްތައް ހުއްޓުވަން އެބަ ޖެހޭ

އެހެން ރަށަކަށް މި ޕްރޮޖެކްޓް ބަދަލުކޮށްފައިވާ ކަމަށް ސޯލިހް އެ ވިދާޅުވީ، މަގޫދޫ އެއާޕޯޓް ޕްރޮޖެކްޓް ނުނިމެނިސް ރައީސުލްޖުމްހޫރިއްޔާ ވަނީ އެ އަތޮޅު ނިލަންދޫގައި އެއާޕޯޓް އަޅަން ނިންމައި، އެއާޕޯޓު އަޅަން ބޭނުންވާ ބިން ހިއްކުމާއި، ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް އެމްޓީސީސީއާއި ހަވާލުކޮށްފައިވަނިކޮށެވެ.

މަގޫދޫ ކައުންސިލްގެ ރައީސް އަބްދުﷲ ވާހިދު "ދެން" އަށް ވިދާޅުވީ، ތުންތުން މަތިން އަޑުއިވެނީ އެރަށުގެ އެއާޕޯޓް ޕްރޮޖެކްޓް ހުއްޓާލައިފައިވަނީ ނިލަންދޫގެ ރައްޔިތުން އެދިގެން، އެރަށުގައި އެއާޕޯޓް ގާއިމްކުރުމަށްށެވެ. އެއީ ނިލަންދޫ ދާއިރާގެ މަޖިލިސް ގޮނޑިއަށް ރައީސްގެ ކޮއްކޯފުޅު ފާތިމަތު ސައުދާ ވާދަކުރައްވައްވާތީ ކަމަށެވެ.

ސޯލިހް ވަނީ މަގޫދޫގައި އެއާޕޯޓް އެޅޭނެގޮތަށް ގާނޫނީ ގޮތުން މަޖުބޫރު ކުރާނެ ކަމަށެވެ. އެމްޑީޕީ އޮތީ މަގޫދޫ ރައްޔިތުންނާއެކު ކަމަށާއި، ހޯމަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގަައި މަގޫދޫ ރައްޔިތުންނާ އެއްކޮޅަށް އެމްޑީޕީގެ މެމްބަރުން ތެދުވާނެ ކަމަށް ސޯލިހު ވިދާޅުވިއެވެ.

Ads by Ooredoo
  1. ޢައްސި

    ސާބަހޭ. ޢަބަދަކު ބޭނުންއެއްޗެއް ހެދިޔަދީގެން ނުވާނެ.

  2. ފައްސި

    އަބަދުވެސް ހަދާނީ ބޭނުން އެއްޗެއް