ޚަބަރު

އެމްޑީޕީން މި ގައުމު ވައްޓާލި އަނދަވަޅުން ނަގައިދޭނެ ލީޑަރަކީ ރައީސް މުއިއްޒު: ނައިބް ރައީސް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
ރައީސް އާއި ނައިބް ރައީސް

އެމްޑީޕީ އިން މި ގައުމު ވައްޓާލި އަނދަވަޅުން ނަގައިދޭނެ ލީޑަރަކީ ރައީސް ޑރ މުހައްމަދު މުއިއްޒު ކަމަށް ނައިބް ރައީސް ހުސެއިން މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.

Ads by STELCO

ޝޯޝަލް މީޑީއާގައި ކުރެއްވި ޕޯސްޓެއްގައި ނައިބް ރައީސް ވިދާޅުވީ ޕީޕީއެމް/ޕީއެންސީ އޮތީ އެ ޕާޓީގެ މިހާރުގެ ލީޑަރަކީ ރައީސް ޑރ މުހައްމަދު މުއިއްޒުއާ އެކު ކަމަށެވެ‬⁩.

އަދި ދެ ޕާޓީގެ ލީޑާޝިޕް އޮތީ އެމަނިކުފާނާ އެކު، ރައްޔިތުން ބޭނުންވާ ތަރައްގީ ގައުމަށް ހޯދައިދިނުމަށް ފިސާރި ސާބިތުކަންމަތީގައި ކަމަށެވެ.

ރައީސް އެ ގެންދަވަނީ އެމްޑީޕީ އިން މި ގައުމު ވައްޓާލި އަނދަވަޅުން ގައުމު ނަގައި ހަމަމަގަށް އެޅުވުމަށް ރެޔާ ދުވާލު ބުރަ މަސައްކަތްޕުޅުތަކެއް ކުރައްވަމުން

ނައިބު ރައީސް ވިދާޅުވީ ރައީސްގެ ހިކުމަތާ އެކު ކުރައްވަމުން އެ ގެންދަވާ ބުރަ މަސައްކަތްޕުޅުގެ ފޮނި ނަތީޖާ ރައްޔިތުންނަށް މިހާރުވެސް ފެންނަމުންދާ ކަމަށެވެ.

ސަރުކާރު ހިންގާ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ލީޑާޝިޕް އޮތީ ސާބިތުކަމާއެކު ކަމަށް ނައިބް ރައީސް ވިދާޅުވެފައި މިވަނީ ޕީޕީއެމުން ރައީސް މުއިއްޒަށް ހެވެއް ނޭދޭނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ.

އެހެންވެ ލީޑާޝިޕުން ގެންދަވަނީ ޔާމީނަށް ރައްދު ދެއްވަމުންނެވެ. ސަރުކާރުގެ އިސް ވަޒީރު އަބްދުއްރަހީމް އަބްދުﷲ އިއްޔެ ވިދާޅުވީ ރައިސް ޑރ. މުއިއްޒުއަށް ފާޑުކިޔޭ ވަރުގެ ވެރިއަކު އަދި މި ރާއްޖޭގައި ވެރިކަމެއް ނުކުރާ ކަމަށެވެ.

އަބްދުއްރަހީމް ވިދާޅުވީ ވަޒީރު ވިދާޅުވީ، ޕީޕީއެމް ޕީއެންސީ އަކީ ގައުމީ ފިކުރުކަމަށެވެ. އަދި މިއީ އަބަދުވެސް ގައުމައިގެން ކުރިއަށް ދާނެ ފިކުރެއް ކަމަށާއި ފިކުރުގެ އިސް ލީޑަރަކީ ރައީސް މުއިއްޒު ކަމަށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!