Wednesday, 28 October 2026
Advertisement
Ooredoo — Airfibre (leaderboard)
ސިޔާސީ

އެމްޑީޕީ އޮފީހުގައި މާރާމާރީ ހިންގި މީހުން ހައްޔަރު ކުރަން ރައީސް ނަޝީދު ގޮވާލައްވައިފި

އެމްޑީޕީ އޮފީހުގައި މާރާމާރީ ހިންގި މީހުން ހައްޔަރު ކުރަން ރައީސް ނަޝީދު ގޮވާލައްވައިފި

އެމްޑީޕީ އޮފީހުގައި މިއަދު މާރާމާރީ ހިންގި މީހުން ހައްޔަރު ކުރަން އެ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ، ރައީސް މުޙައްމަދު ނަޝީދު ގޮވާލައިފިއެވެ.

ރައީސް ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްޑީޕީ އޮފީހުގައި މާރާމާރީ ހިންގުން ބަލައި ނުގަނެވޭނެ ކަމަށެވެ.

"އެކަން ކުރި މީހުން ހައްޔަރުކޮށް، އަނިޔާއާއި ގެއްލުންވި ފަރާތްތަކަށް އިންސާފު ލިބެން ޖެހޭނެ" ރައީސް ނަޝީދު ވިދާޅުވިއެވެ.

Advertisement
Allied Insurance — Square (box)

އިމިއަދު ހިނގި މާރާމާރީގައި އަނިޔާވި ފަރާތްތަކަށް އަވަސް ޝިފާއަކަށް ވެސް ރައީސް ނަޝީދު ވަނީ އެދިލައްވާފައެވެ.

https://twitter.com/MohamedNasheed/status/1433363379989614596?s=20

އެމްޑީޕީ އޮފީސް ތެރޭގައި މިއަދު މާރާމާރީއެއް ހިނގައި، އުމުރުން 50 އަހަރުގެ އަންހެނަކަށް ވަނީ އަނިޔާވެފައެވެ.

މި މައްސަލައިގެ ރިޕޯޓު ލިބުނީ މިއަދު މެންދުރު 12:30 ހާއިރު ކަމަށާއި އަނިޔާވި އަންހެން މީހާއަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދިން ކަމަށް ފުލުހުން ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް