Tuesday, 3 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ޖިންސީ ފުރައްސާރާގެ މައްސަލަތައް ސިޔާސީ ނުކުރަން އެދިއްޖެ

ޖިންސީ ފުރައްސާރާގެ މައްސަލަތައް ސިޔާސީ ނުކުރަން އެދިއްޖެ
ޖިންސީ ފުރައްސާރަ ފަދަ ސިޔާސީ މައްސަލަތައް "އެންޓަޓެއިންމެންޓަކަށް" ހަދައިގެން ސިޔާސީ ފިތުނަ އުފެއްދުމަށް ބޭނުން ނުކުރުމަށް އެމްއެމްޕީއާރްސީގެ އެމްޑީ ފާތިމަތު ތައުފީގު (ކުޑީ) އެދިއްޖެއެވެ. އެމްއެމްޕީއާރްސީގެ ފިރިހެން މުވައްޒަފަކު އެތަނުގައި މަސައްކަތްކުރާ އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ފުރުއްސާރަ ކުރި ކަމަށް ބުނާ މައްސަލަ އެއް ވަނީ ފެންމަތިވެފައެވެ. އެމްއެމްޕީއާރްސީން ނެރުނު ބަޔާނެއްގައި ބުނީ އެ ކުންފުނީގެ މުވައްޒަފަކާ ގުޅޭ ގޮތުން ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފަދަ އެއްވެސް މައްސަލަ އެއް ރަސްމީކޮށް ހުށަހަޅާފައިނުވިނަމަވެސް އެފަދަ މައްސަލައެއް ހިނގާފައިވޭތޯ ބަލައި ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. އޭގެ ފަހުން އެ މައްސަލައިގައި ތުހުމަތުވާ އެ ކުންފުނީގެ ޑީއެމްޑީ މަގާމުން ސަސްޕެންޑުކުރި ކަމަށް ބައެއް ނޫސްތަކުގައި ވަނީ ރިޕޯޓުކޮށްފައެވެ. ނަމަވެސް އެ ވާހަކަތައް އެ މުވައްޒަފު ވަނީ ދޮގުކޮށްފައެވެ. އެކަމާ ގުޅިގެން އެމްއެމްޕީއާރްސީން މި މައްސަލާގައި ދޮގު ހަދާފައިވާ ކަމަށް ސަރުކާރާ ދެކޮޅު ބައެއް ނޫސްތަކުން ރިޕޯޓުކުރުމާ ގުޅިގެން އެކަމަށް ރައްދު ދެއްވައި ފާތިމަތު މިއަދު "އެކްސް"ގައި ވިދާޅުވީ, މި މައްސަލާގައި އެމްއެމްޕީއާރްސީން ނެރެފައިވާނީ އެންމެ ސްޓޭޓްމެންޓެއް ކަމަށެވެ. "މައްސަލަ ތަހުގީގު ކުރިއަށް ދަނީ. ތަހުގީގު ކުރިއަށް ދާ މައްސަލައަކަށް ވާތީ އެމްއެމްޕީއާރްސީއިން ވެސް ޚުދު އަޅުގަނޑު ވެސް ނޯންނާނެ އިތުރު ސްޓޭޓްމެންޓެއް ވެސް ކޮމެންޓެއް ވެސް އެއްވެސް މީޑީއާއަކާ ހިއްސާކޮށްފައެއް." އޭނާ ވިދާޅުވެފައިވެއެވެ. އޭނާ ވިދާޅުވީ ޖިންސީ ފުރައްސާރައިގެ މިފަދަ ސީރިއަސް މައްސަލަތައް ސިޔާސީ ކުރުމުގެ ބަދަލުގައި ޒިންމާދާރު ކަމާއެކު, ހީވާ ހީވުމަށް ހަބަރު ލިޔުމުގެ ބަދަލުގައި ކެތްތެރިވާން ޖެހޭ ކަމަށެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް