ޚަބަރު ސިޔާސީ

ހަންކެޑެ މަޝްރޫއުގެ މަސައްކަތް ލަސްނުކޮށް ފަށަން ސޯލިހު ގޮވާލައިފި

ފާރިހާ ޢަދުނާން ، ދެން އޮންލައިން
ކެމްޕޭން ޖަލްސާއެއްގައި ކުރީގެ ރައީސް ސޯލިހް ވާހަކަދައްކަވަނީ - ފޮޓޯ: އެމްޑީޕީ

މިދިޔަ ސަރުކާރުން އައްޑޫ ސިޓީ ހަންކެޑެގައި ފަށަން ނިންމާފައިވާ އިންޓެގްރޭޓެޑް ޓޫރިޒަމް ޕްރޮޖެކްޓްގެ މަސައްކަތް ލަސްނުކޮށް ފެއްޓުމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މި ސަރުކާރަށް ގޮވާލައްވައިފިއެވެ.

Ads by STELCO

މިރޭ ކުރިއަށް ދިޔަ އައްޑޫ ސިޓީ ކެންޑިޑޭޓުގެ ތަރާވީހަށް ފަހު ސަޕޯޓަރުންނާ ވާހަކަދައްކަވަމުން ސޯލިހު ވިދާޅުވީ، ހަންކެޑެ ޕްރޮޖެކްޓަކީ ޕްލޭންތަކާއި ދިރާސާތައްކޮށް، ފައިސާ ހަމަޖައްސާފައިވާ ޕްރޮޖެކްޓެއް ކަމަށެވެ. އެހެންކަމުން، އެ ޕްރޮޖެކްޓުގެ މަސައްކަތް ލަސްނުކޮށް ފެށުމަށް ގޮވާލެއްވިއެވެ.

"އިންޓަގްރޭޓެޑް ޓޫރިޒަމް ޕްރޮޖެކްޓެއް މިދިޔަ އަހަރުތެރޭގައި އަޅުގަނޑުމެންވާނެ ހަންކެޑެގައި ފެށުމަށް ނިންމާފަ. އަޅުގަނޑު އެދެނީ މި ސަރުކާރުގައި ވެސް ލަސްނުކުރައްވާ، މިކަންތައްތައް ތަންފީޒް ކުރައްވާށޭ،"

ސޯލިހު އިތުރަށް ވިދާޅުވީ، ބޭނުންވަނީ އައްޑޫ ސިޓީގައި ވަޒީފާގެ ފުރުސަތުތައް ފަހިކުރަން ކަމަށާއި، އެ މަސައްކަތް ކުރުމަށް ޓޫރިޒަމް އިންޑަސްޓްރީ އެތަނުގައި ކުރިއެރުވުން މުހިންމުކަން ފާހަގަކުރެއްވިއެވެ.

މިދިޔަ ސަރުކާރުން އައްޑޫގެ ޓޫރިޒަމް އާ ހަރުފަތަކަށް ގެންގޮސްދިނުމަށް ހަންކެޑެ ތަރައްގީ ކުރުމަށް ވަނީ ނިންމާފައެވެ. މި ޕްރޮޖެކްޓްގެ ދަށުން އެތަނުގައި އެކި ރޭންޖުގެ ކޮޓަރި ހިމެނޭހެން 1،041 ޓޫރިޒްޓު ކޮޓަރި ތަރައްގީ ކުރާނެ ކަމަށް މޯލްޑިވްސް ފަންޑް މެނޭޖްމެންޓު ކޯޕަރޭޝަން ލިމިޓެޑުން އޭރު ބުނެފައިވެއެވެ.

މި ޕްރޮޖެކްޓް އިއުލާންކޮށް، މިދިޔަ އަހަރުގެ ޖެނުއަރީ މަހު ވަނީ ހަންކެޑެ މަޝްރޫއުގެ ޕްލޭންކަމަށް ބުނެ ފޮޓޯތަކެއް އާންމުކޮށްފައެވެ.

ހަންކެޑެ އަކީ މަރަދޫ އާއި ހިތަދޫއާ ދެމެދު އޮންނަ ތަނެކެވެ. އެތަން ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަން ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމުގެ ސަރުކާރުންވެސް މަސައްކަތް ކުރިއެވެ. އެހެންނަމަވެސް މަސައްކަތް ކުރިއަށް ނުގޮސް ހުއްޓައިލި އެވެ. އޭގެ ފަހުން އެމަޝްރޫއު ކުރިއަށް ނުގެންދެއެވެ.

ރައީސް ޞާލިހުގެ ވެރިކަމުގެ ފަހު އަހަރު ހަންކެޑެ މަޝްރޫއު އިއުލާން ކުރީ 2022 ވަނަ އަހަރުގެ ޑިސެމްބަރު މަހު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިން ތެރޭގައެވެ.

  1. އަބްދޫ

    ހަންކެނޑެ މަސްރޫއު ފެށުމުގެ ނަމުގާ ސާލިހް ނެގި ދަރަނި ތައް ކޮބާ؟ ސާލިހްގެ 62 ބިލިއަނުގެ ދަރަނީގެތެރޭ މިފައިސާ ވެސް ހިމެނޭ. ފައިސާކޮބާ ؟ ފައިސާ މިސަރުކާރާއި ހަވާލުނުކުރީ ކީއްވެ ؟މިހާރު މަސައްކަތް ނުފެށި ލަސްވަނީ އެފައިސާ ހަވާލު ނުކުރާތީ. އަވަހަށް ހަވާލުކުރޭ.