Wednesday, 28 October 2026
Advertisement
Ooredoo — Article-Top (leaderboard)
ރިޕޯޓް

ކުޑަކުއްޖަކު ކަދުރު ބަހާ މަންޒަރު، ވީޑިއޯއަކުން ހިތްހަމަޖެހުން!

ކުޑަކުއްޖަކު ކަދުރު ބަހާ މަންޒަރު، ވީޑިއޯއަކުން ހިތްހަމަޖެހުން!

އިންސްޓަގްރާމް ސްކްރޯލް ކުރަމުން ގޮސް ހުއްޓުން އެރީ ފެނުނު ހިތްގައިމު މަންޒަރަކުންނެވެ. މައްކާގެ މަސްޖިދުލް ހަރާމްގައި ކުޑަ ކުއްޖަކު ކަދުރު ތައްޓަކަށް އަޅައިގެން، ކަދުރު ބަހަނީއެވެ. އެ ކުއްޖާގެ ކައިރިން ހުރަސްކުރާ ކޮންމެ މީހަކަށް ވެސް ކަދުރު ތަށި ދިއްކޮށްލާ އޭގެން ކަދުރެއް ހަދިޔާ ކޮށްލައެވެ.

ކަދުރު ދިއްކޮށްލާ، ކަދުރާއެކު ކޮންމެ މީހަކަށްވެސް ހިނިތުންވުމެއް ހަދިޔާ ކޮށްލައެވެ. ރީތި ހިނިތުންވުމެއްގައި ހުރެ އެ ކުޑަކުއްޖާ ދިއްކޮށްލާ ކަދުރުތަށިން ކޮންމެ މީހަކުވެސް ކަދުރު ހިފައިގެން ދަނީ ހިތްހަމަޖެހިގެން ކަހަލައެވެ. ބައެއް މީހުން އެ ތަށިން ކަދުރު ނަގައި، ކަދުރު ހިފައިގެން ދުރަށް ހިނގައިގަންނަނީ އެ ކުއްޖާއަށް ބޮސް ދީފައެވެ.

https://twitter.com/Harisgujjar97/status/1771157888494440472

Advertisement
HDC — Sidebar (box)

އެ މަންޒަރު ފެނިގެންދާ ވީޑިއޯއަށް އެތައް ބައެއްގެ ސަމާލުކަން ލިބިފައިވާއިރު، 38 މިލިއަން މީހުން އެ ވީޑިއޯ ބަލާފައިވެއެވެ. ވީޑިއޯ އިންސްޓަގްރާމު ގައި ހިއްސާކުރި އަންހެން ކުއްޖާ ބުނެފައިވަނީ އެ ވީޑިއޯއިން ފެނިގެންދަނީ އޭނާގެ އާއިލާ ކުއްޖެއް ކަމަށެވެ. ވީޑިއޯ ބެލި މީހުންނަށް އެ ވީޑިއޯ ކަމުގޮސް، އެ ކުޑަ ކުއްޖާއަށް ތައުރީފް ކޮށްފައިވެއެވެ.

އެ ވީޑިއޯއަށް ހިންދޫއިންވެސް ކޮމެންޓް ކޮށްފައިވެއެވެ. އެ މީހުން ބުނެފައިވަނީ އެއީ ހިންދޫއިންނަށް ވިޔަސް، އެ މީހުންނަށް ވެސް މި ވީޑިއޯއިން ފެނިގެންދާ މަންޒަރު ވަރަށް ކަމުދިޔަ ކަމަށެވެ. އެއީ މިހާތަނަށް ފެނުން އެންމެ ހިތްގައިމު މަންޒަރުގެ ގޮތުގައި ސިފަކޮށް އެތައް ކޮމެންޓަކުން އެ ތުއްތު ކުއްޖާއަށް ތައުރީފް ކުރިއެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް