Tuesday, 3 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

އުމްރާއަށް ގޮސް އުޅުނު ދިވެއްސަކު ނިޔާވެއްޖެ

އުމްރާއަށް ގޮސް އުޅުނު ދިވެއްސަކު ނިޔާވެއްޖެ

އުމްރާއަށް ގޮސް އުޅުނު ދިވެއްސަކު ނިޔާވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އުމްރާއަށް ގޮސް އުޅެނިކޮށް ނިޔާވީ ގދ. ނަޑެއްލާ، މޫނިމާގެ، އައިޝަތު އިބްރާހީމް (74އ) އެވެ.

އައިޝަތު ނިޔާވެފައިވަނީ މައްކާގެ ޖިއްދާ ހޮސްޕިޓަލުގައި ފަރުވާ ހޯދަމުން ދަނިކޮށެވެ.

Advertisement
Ooredoo — Truecaller (box)
އައިޝަތު ނިޔާވެފައިވާކަން ނަޑެއްލާ ކައުންސިލުގެ ރައީސް މުހައްމަދު އަންޝައު ވަނީ ''ދެން'' އަށް ޔަގީންކޮށްދީފައެވެ. އަންޝައު ވިދާޅުވީ އައިޝަތު ނިޔާވީ ރޭގެ ވަގުތެއްގައި ކަމަށެވެ. ދާދި ފަހުން ވެސް، އުމްރާއަށް ގޮސް އުޅުނު ހއ. ދިއްދޫއަށް ނިސްބަތްވާ މީހެެއް ކަމަށްވާ އިބްރާހިމް ރަޝީދު, 58, ވެސް ވަނީ ނިޔާވެފައެވެ.

ހައްޖަށް އަދި އުމްރާއަށް ގޮސް އުޅުމުގެ ތެރޭގައި އުޅޭ ދިވެހިން ނިޔާވުމަކީ މަދުން ނަމަވެސް ދިމާވާ ކަމެކެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް