Tuesday, 3 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

އީ-ޕެޓިޝަން ތައާރަފް ކުރަން އާންމުންގެ ހިޔާލު ހޯދަނީ

އީ-ޕެޓިޝަން ތައާރަފް ކުރަން އާންމުންގެ ހިޔާލު ހޯދަނީ

ރައްޔިތުންގެ މަޖިލީހުން އިލެކްޓްރޯނިކް ޕެޓިޝަން ހުށަހެޅޭ ނިޒާމެއް ގާއިމް ކުރުމަށް އެކަމަށް އާންމުންގެ ހިޔާލު ހޯދަން ހުޅުވާލައިފިއެވެ.

މަޖިލީހުން މިއަދު ބުނީ، އެ އިދާރާއާއި ޔޫއެންޑީޕީ ގުޅިގެން ތައާރަފްކުރުމުގެ ނިޒާމުގެ ސިޔާސަތު ކަރުދާހަށް މި މަހުގެ 29 ގެ ކުރިން ހިޔާލު ހުށަހެޅޭނެ ކަމަށެވެ.

ހިޔާލު ހުށަހަޅަން ޖެހެނީ ޕެޓިޝަން ކޮމިޓީއަށް އީމެއިލް މެދުވެރިކޮށް އަދި އެކަމަށް ހާއްސަ ލިންކަކުންނެވެ.

Advertisement
Allied — Dhen Online (box)

މި ނިޒާމާ ގުޅޭ ތަފްސީލްތައް ހާމަކުރުމަށް މައުލޫމާތު ބައްދަލުވުންތަކެއް ވެސް ބާއްވަން ވަނީ ނިންމައިފައެވެ. ސަރުކާރުގެ މުވައްސަސާތަކާއި ސިޔާސީ ޕާޓީތަކުގެ އިތުރުން ޔުނިވާސިޓީތަކާއި ޖަމިއްޔާތަކަށް މި ބައްދަލުވުން އޮންނާނީ މި މަހުގެ 24 ވަނަ ދުވަހުއެވެ.

އާންމު ރައްޔިތުންނަށް މައުލޫމާތު ދިނުން ހަމަޖެހިފައި އޮތީ 25 ވަނަ ދުވަހުގެ ހެނދުނު 10:00 އަށެވެ.

އީ-ޕެޓިޝަން ސިޔާސަތު ކަރުދާހުގައިވާ ގޮތުން މި ނިޒާމި ފަރުމާ ކުރާނީ ގައުމީ ޑިޖިޓަލް އައިޑީ ފަދަ ކާކުކަން އަންގައިދޭ ވަސީލަތެއް މެދުވެރިކޮށް ވަދެވޭ ގޮތަށެވެ.

އަދި ޕެޓިޝަންގައި ސޮއިކޮށްފައިވާ މީހުންގެ އަދަދަށް ބަލައި، މަޖިލީހުގެ ކޮމިޓީން އަޅަން ޖެހޭނެ ފިޔަވަޅުތައް ވެސް ބަޔާންކޮށްފައިވެއެވެ. އެގޮތުން 0.5 އިންސައްތަ މީހުން ސޮއިކޮށް ހުށަހަޅާ ޕެޓިޝަންތަކަށް މަޖިލިސް ތަޅުމުގައި ބަހުސް ކުރަން ޖެހޭނެ ކަމަށް ބުނެފައިވެއެވެ.

މިހާރު އޮންނަ ގޮތުން މަޖިލީހަށް ހުށަހަޅާ ހުރިހާ ޕެޓިޝަނެއް ވެސް ދިރާސާކޮށް ގޮތް ނިންމަނީ ޕެޓިޝަން ކޮމިޓީންނެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް