ޚަބަރު

އެލައިޑުގެ ރޯދަ ޕްރޮމޯޝަން އަދި މަދަހަ މުބާރާތުގައި ބައިވެރިވެ އިނާމް ހޯދުމުގެ ފަހު ފުރުސަތު

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
އެލައިޑުން ކުރިއަށް ގެންދާ މަދަހަ މުބާރާތުގައި މަދަހަ ކިޔާފައިވާ ބައެއް ކުދިން

އެލައިޑް އިންޝުއަރަންސް ކުންފުނިން މިއަހަރަށް ހާއްސަކޮށްގެން ފަރުމާކޮށްފައިވާ ރޯދަ ޕްރޮމޯޝަނުގައި އެކުންފުނިން ވަނީ ގެދޮރުގައިވާ އަގުހުރި މުދަލަށް ހާއްސަ އިސްލާމިކް އިންޝުއަރަންސް ޕްލޭން؛ ހިޔާވަހީގެ އަހަރަކަށް 600 ރުފިޔާ ދައްކައިގެން ހަ ލައްކަ ފަންސާސްހާސް ރުފިޔާއާއި ހަމައަށް ބަދަލު ލިބޭ ލަގްޒަރީ ޕްލޭން ނަންގަވާ ކޮންމެ ކަސްޓަމަރަކަށް، ގަންނަ ކޮންމެ ޕްލޭނަކާއި އެއް އަގުގެ ކޮމްޕްލިމެންޓަރީ ގިފްޓް ޕެކެއް ދިނުމަށް ނިންމާފައެވެ.

Ads by Sosun Fihaara

އޮންލައިންކޮށް myallied.mv އަދި އެލައިޑް މޮބައިލް އެޕްއިން ވަގުތުން ނެގޭ މިޕްލޭނަކީ، ގެދޮރުގެ ރައްކާތެރިކަމަށް އެޅޭނެ މުހިންމު ފިޔަވަޅެއްކަމުގައި އެލައިޑުން ފާހަގަކުރެއެވެ. އެގޮތުން މިޕްލޭން މެދުވެރިކޮށް ކަވަރޭޖް ލިބޭ ތަކެތީގެ ތެރޭގައި އޭސީ، އައިސް އަލަމާރި، ދޮންނަ މެޝިން، ބަދިގެ ސާމާނު ފަދަ މިނޫންވެސް އަގުހުރި ތަކެތި ހިމެނެއެވެ. މިތަކެއްޗަށް ކަވަރޭޖް ލިބޭ ހާލަތްތަކުގެ ތެރޭގައި ވިއްސާރައިގެ ސަބަބުން ލިބޭ ގެއްލުމާއި އަލިފާނުގެ ހާދިސާއަކުން ލިބޭ ގެއްލުން އަދި ފެން ހޮޅިއެއް ފަޅައިގެން ގޮސް ގޭސް ފެނުން ލިބޭ ގެއްލުން ފަދަ ކަންކަން ހިމެނެއެވެ.

ހިޔާވަހީގެ ލަގްޒަރީ ޕްލޭންއަކާއި އެކު ދޫކޮށްލާ ކޮމްޕްލިމެންޓަރީ ގިފްޓް ރެޑީމް ކުރުމުގެ އިންތިޒާމް ހަމަޖައްސާފައިވަނީ ރަސްމީ ގަޑީގައި އެލައިޑްގެ ކަސްޓަމާ ފްރަންޓް އޮފީސް؛ ހ.އޯކިޑުން، ޕްލޭން ނަގާތާ އެއް މަސް ދުވަހުގެ ތެރޭގައެވެ.

ހަމައެއާއި އެކު ކުޑަކުދިންނަށް ހާއްސަކޮށްގެން އެލައިޑުން މިއަހަރު ފޭސްބުކްގައި ކުރިޔަށްގެންދާ މަދަހަ މުބާރާތުގެ ސުންގަޑި ހަމަވާ ތާރީހަކީވެސް މިއަދެވެ. އެހެންކަމުން މަދަހަ މުބާރާތުގައި ބައިވެރިވެލެއްވުމަށް #އެލައިޑްމަދަހަ ހޭޝްޓެގެއްގެ ގޮތުގައި ޖެއްސެވުމަށް ފަހު މިރޭ 12 ޖެހުމުގެ ކުރިން ޕޯސްޓް ކުރުމަށް އެލައިޑުން އެދެއެވެ.

މި މުބާރާތަށް ހުށަހަޅާ މަދަހަ ވީޑިއޯތަކުގެ ތެރެއިން ފަނޑިޔާރުން އެންމެ މޮޅުކަމަށް ނިންމާ ވީޑިއޯ ހުށައަޅާ ފަރާތަކަށް އިނާމަކަށް އައިޕެޑެއް ލިބިގެންދާނެއެވެ. 12 އަހަރުން ދަށުގެ ކުދިންނަށް ހުޅުވާލާފައިވާ ފުރުސަތުގައި، ވީޑިއޯ ޕޯސްޓް ކުރައްވަންވާނީ ބެލެނިވެރިޔާގެ ހުއްދައާއި އެކު ބެލެނިވެރިޔާގެ ފޭސްބުކް އެކައުންޓްގައި ޕަބްލިކް ސެޓިންގައެވެ.

އެލައިޑުންވަނީ މި މުބާރާތަށް ލިބެމުން އަންނަ ތަރުހީބު ފާހަގަކޮށް އެންމެހާ ބައިވެރިންނަށް ޝުކުރު އަދާކޮށްފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!