Tuesday, 3 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ގެދޮރުވެރި އަވަށަކަށް ގުޅީފަޅުން 150 ހެކްޓަރު ހިއްކައިފި

ގެދޮރުވެރި އަވަށަކަށް ގުޅީފަޅުން 150 ހެކްޓަރު ހިއްކައިފި

ގެދޮރުވެރި އަވަށަކަށް ހެދުމަށްޓަކައި ކ. ގުޅީފަޅުން 150 ހެކްޓަރުގެ ބިން ހިއްކައި ނިންމާލައިފިއެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ގުޅީފަޅު ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފެށީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ދެވަނަ ދުވަހުއެވެ. މި މަޝްރޫއު ކުރިއަށް ގެންގޮސްފައިވަނީ ނެދަލޭންޑްސްގެ ބޮސްކާލީސް ކުންފުންޏާއި ހަވާލުކޮށްގެންނެވެ.

ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނީ، ގުޅީފަޅު ފުންކުރުމާއި ބިން ހިއްކުމުގެ މަސައްކަތް ނިންމާލީ އިއްޔެ ކަަމަށެވެ.

Advertisement
Ooredoo — Square (box)

https://twitter.com/MoCImv/status/1780233559501914187

ގުޅީފަޅަކީ މާލެއާއި ގާތްގަނޑަކަށް ހަތަރު ކިލޯމީޓަރު ދުރުގައި ތަރައްގީކޮށްފައިވާ ފަޅެކެވެ. 2010 ވަނަ އަހަރު ފުރަތަމަ ގުޅީފަޅު ހިއްކި ބޭނުމަކީ އެތަނުގައި މީހުން އާބާދުކޮށް، މާލޭގެ ތޮއްޖެހުން ކުޑަކުރުމެވެ.

ވަޒީރު އަބްދުﷲ މުއްތަލިބު ވިދާޅުވީ، އެ ސަރަހައްދުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ކުރެވެމުންދާ ކަަމަށެވެ. މި ސަރުކާރުން ވަނީ ގުޅީފަޅުން އިތުރު 85 ހެކްޓަރުގެ ބިން ހިއްކުމަށް ނިންމާފައެވެ.

https://twitter.com/muththo/status/1780251901675901200

ގުޅީފަޅުން ހިއްކުނު މި ސަރަހައްދު ހަމަޖެހިފައިވަނީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ އިތުރުން، މާލޭގައި ހިންގަމުންދާ ބައިނަލްއަގުވާމީ ވިޔަފާރި ބަނދަރުގެ ހިދުމަތް އެތަނަށް ބަދަލުކޮށް ސަރަހައްދީ ބަނދަރެއް ތަރައްގީ ކުރުމަށެވެ.

މިދިޔަ ފެބްރުއަރީ މަހު ވަނީ ގުޅީފަޅުގެ ލޭންޑްޔޫސް ޕްލޭން އާންމުކޮށްފައެވެ. އެ ޕްލޭން އާންމުކޮށް އެޗްޑީސީން ބުނީ، ގުޅީފަޅުގައި ތަރައްގީކުރާ ސިޓީގެ ލޭންޑް ޔޫސް ޕްލޭންގައި ދިރިއުޅުމަށް ދޫކުރާ ގޯއްޗާއި ސޯޝަލް ހައުސިން އަށް ބޮޑު ސަރަހައްދެއް ކަނޑައަޅާފައިވާ ކަމަށާއި އެ ސިޓީގައި ދިރިއުޅޭ ފަރާތްތަކަށް ބޭނުންވާނޭ ހިދުމަތްތައް ފޯރުކޮށްދިނުމަށް ވެސް ބިން ކަނޑައަޅާފައިވާ ކަމަށެވެ.

އެގޮތުން ތަޢުލީމީ ހިދުމަތާއި ސިއްހީ ހިދުމަތުގެ އިތުރުން އިންޑަސްޓްރިއަލް މަސައްކަތަށާއި ސިޓީ ހޮޓާ ތަރައްގީކުރުމަށް ވަކި ސަރަހައްދުތައް ކަނޑައެޅިފައިވާ ކަމަށް އެޗްޑީސީން ހާމަކުރެއެވެ.

އެޗްޑީސީން އޭރު ބުނީ ގުޅީފަޅުގައި ދިރިއުޅޭ ފަރާތްތަކަށް ހިތްފަސޭހަ ދިރިއުޅުމެއް ހޯދައިދިނުމުގެ ބޭނުމުގައި ހިތްގައިމު ޕާކުތަކާއި، ކުޅިވަރުކުޅޭ ސަރަހައްދުތައް ތަރައްގީ ކުރުމަށް ޕްލޭން ގައި ކަނޑައަޅާފައިވާ ކަމަށެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް