ޕީޕަލްސް ނޭޝަނަލް ފްރޮންޓް (ޕީއެންއެފް) އަށް އަންނަ އާދިއްތަ ދުވަހު ބާއްވަން ހަމަޖެހިފައިވާ މަޖިލިސް އިންތިހާބުގައި ކާމިޔާބު ކުރެވޭނީ ކިތައް ދާއިރާގެ ގޮނޑިކަން އެނގިވަޑައިގަންނަވާނީ ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުالله އަށް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
ޔާމީން މިރޭ މިފަދައިން ވިދާޅުވީ، ޝަރީއަތުގެ މަޖިލިސް ނިންމުމަށްފަހު ހައިކޯޓު ބޭރުގައި ނޫސްވެރިއަކު، ޕީއެންއެފްއަށް މަޖިލީހުން ކިތައް ގޮނޑި ކާމިޔާބު ކުރެވިދާނެތޯ އާއި މަޖިލިސް މެޖޯރިޓީ އާއި ގުޅިގެން ސުވާލު ކުރުމުންނެވެ.
އެ ސުވާލަށް ޖަވާބު ދެއްވަމުން ޔާމީން ވިދާޅުވީ، ހިސާބު ޖައްސަވާނީ އަބްދުއްރަހީމް ކަމަށާއި، އެހެންކަމުން އެކަން އިނގޭނީ އޭނާ އަށް ކަމަށެވެ.
ތިޔެއް އިނގޭނީ އަބްދުއްރަހީމް އަށް. ހިސާބު ޖައްސަވަނީ އަބްދުއްރަހީމް. [މެޖޯރިޓީ] ވެސް އިނގޭނީ އަބްދުއްރަހީމްއަށް. އެޔެއްނުންތޯ ހިސާބު ޖައްސަވާ ބޭފުޅަކީ. އަޅުގަނޑަކަށް ނޭންގޭނެ ރަމަލު ޖަހާކަށް. އަޅުގަނޑުމެން ކުރާނީ މަސައްކަތް
އާދިއްތަ ދުވަހު އޮންނަ މަޖިލީސް އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން މާދަމާއިން ފެށިގެން އަމަލީ ގޮތުން ކެމްޕޭން ކުރުމުގެ މަސައްކަތް ކުރައްވާނެ ކަމަށް ޔާމީން ވިދާޅުވިއެވެ. އެގޮތުން، މާދަމާ އަތޮޅު ތެރެއަށް ކެމްޕޭން ދަތުރު ކުރަން ވިސްނަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ައެއްގޮނޑިވެސް ނުދީ ސައިޒް ދައްކާލާ.
އަދުރޭ އަށް މަލާމަތް ކުރަން ޔާންޓޭ ލަދުގަންނަން ޖެހޭނެ ޔާމީނުއަށްޓަކާ ފަސްއަހަރު އެތަށް ގުރުބާނީއެއްވެފަ އަމިއްލަ ޕާޓީއަށް ވެރިކަން ލިބިފަ އޮއްވާ ވަކިވެގެން ޔާމީނާއެކު ނުދެވޭނެ ކަން އެނގޭނެ
ކީއްވެ އެހެން ޕާޓީ އެއް ހެދީ.