Tuesday, 3 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

މަޖިލިސް ރައީސް މުއިއްޒަށް: މާދަމާ ރޭ ހަވާއާ އެކު ބޮޑު ހަރަކާތެއް

މަޖިލިސް ރައީސް މުއިއްޒަށް: މާދަމާ ރޭ ހަވާއާ އެކު ބޮޑު ހަރަކާތެއް

ސަރުކާރު ހިންގާ ޕީއެންސީ/ޕީޕީއެމް އަށް މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުން ލިބުނު ކާމިޔާބީ ފާހަގަކުރުމުގެ ގޮތުން މާދަމާ ރޭ މާލޭގައި ހަވާއަރުވާ ގޮތަށް ހަމަޖެހިއްޖެއެވެ.

މިހާތަނަށް ލިބިފައިވާ ނަތިއްޖާތައް ދައްކާ ގޮތުން 70 ގޮނޑިއާއެކު ސަރުކާރަށް ވަނީ މަޖިލީހުގެ ސުޕަމެޖޯރިޓީ ލިބިފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުން ''މަރުހަބާ-ދިވެހީންގެރާއްޖެ މަޖިލީހަށް'' އެ ނަމުގައި ބާއްވާ ހަރަކާތް ފަށާނީ  08:30 ގައި އާޓިފިޝަލް ބީޗުގައެވެ.

Advertisement
Ooredoo — Truecaller (box)

ނަތިއްޖާ ދައްކާ ގޮތުން އާބާދީ ބޮޑެތި ހުރިހާ ސިޓީއަކުން ޕީއެންސީން ވަނީ މެޖޯރިޓީ ހޯދާފައެވެ. މީގެ ކުރިން އެމްޑީޕީއަށް ޔަގީން ގިނަ ގޮނޑިތަކެއްވެސް ވަނީ ޕީއެންސީ ކޮޅަށް އެނބުރިފައެވެ. މަޖިލީހުގައި ގިނަ ދުވަސްތަކެއް ވަންދެން އެމްޑީޕީ ތަމްސީލު ކުރަމުން އައި ގިނަ މެންބަރުންނަށްވެސް މި ފަހަރު އިންތިހާބުގައި ކުރިމަތިލާން ޖެހުނީ ބޮޑު ނާކާމިޔާބީއަކާއެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް