ޚަބަރު

އިންތިހާބުން ލިބުނު ސުޕަ މެޖޯރިޓީއާ އެކު މި ހުޅުވެނީ ޑިމޮކްރަސީގެ އާ ސޮފުހާއެއް: ޑރ. ޝަހީމް

ރައުފާ ރަޝީދު ، ދެން އޮންލައިން

ވެރިކަން ކުރާ ޕާޓީ، ޕީއެންސީ އަށް އިއްޔެ ބޭއްވި ރައްތުޔިންގެ އިންތިހާބުން ލިބުނު ސުޕަ މެޖޯރިޓީއާ އެކީ ރާއްޖޭގައި ހުޅުވިގެން މި އަންނަނީ ޑިމޮކްރަސީގެ އާ ސޮފުހާއެއް ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމު އަލީ ސައީދު ވިދާޅުވެއްޖެއެެވެ.

Ads by MWSC

އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ސުޕަރ މެޖޯރިޓީ ވެރިކަންކުރާ ކޮންގްރެސް ޕާޓީން ކާމިޔާބުކުރުމާ ގުޅިގެން ރައީސް މުޢިއްޒަށް ތަހުނިހާ ފޮނުއްވަމުން ޑރ. ޝަހީމް ވިދާޅުވީ ރާއްޖޭގެ ދިމިޤުރާޠީ ހަޔާތުގައި ހުޅުވިގެން ދެން ދާނީ މުޅިން އާ ޞަފްޙާއެއް ކަމަށެވެ.

ވެރިކަން ހިންގަން ޖެއްސުންކުރުމާއި ދުއްތުރާކުރުމާއި ސިޔާސީ ރުޅިވެރިކަމުގެ މަރުހަލާތައް ދެން ނިމުނީ ކަމަށް ޝަހީމް ވިދާޅުވިއެވެ.

"ރާއްޖޭގެ ދިމިޤުރާޠީ ހަޔާތުގައި ހުޅުވިގެން މި ދަނީ މުޅިން އާ ޞަފްޙާއެއް. ރައީސް ޑރ މުއިއްޒުގެ ޤައުމީ ވިސްނުމަށް އޮތް ތާއިދު ފެނިގެން މި ދަނީ، މަރުޙަބާ ރައީސް ޑރ މުއިއްޒު" ޝަހީމް ވިދާޅުވިއެވެ.

އެންމެ ފަހުގެ ނަތިއްޖާތައް ދައްކާ ގޮތުން 70 ގޮނޑިއާއެކު ސަރުކާރަށް ވަނީ މަޖިލީހުގެ ސުޕަމެޖޯރިޓީ ލިބިފައެވެ. މި އިންތިޚާބުގައި ޖުމްލަ 93 ދާއިރާއަކަށް މެންބަރުން ވަނީ އިންތިޚާބުކޮށްފައެވެ. އާބާދީ ބޮޑެތި ހުރިހާ ސިޓީއަކުން ޕީއެންސީން ވަނީ މެޖޯރިޓީ ހޯދާފައެވެ. މީގެ ކުރިން އެމްޑީޕީއަށް ޔަގީން ގިނަ ގޮނޑިތަކެއްވެސް ވަނީ ޕީއެންސީ ކޮޅަށް އެނބުރިފައެވެ. މަޖިލީހުގައި ގިނަ ދުވަސްތަކެއް ވަންދެން އެމްޑީޕީ ތަމްސީލު ކުރަމުން އައި ގިނަ މެންބަރުންނަށްވެސް މި ފަހަރު އިންތިހާބުގައި ކުރިމަތިލާން ޖެހުނީ ބޮޑު ނާކާމިޔާބީއަކާއެވެ.

މިހާރު ހިނގަމުންދާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އަޣްލަބިއްޔަތު އޮތް އެމްޑީޕީއަށް، ވަގުތީ ނަތީޖާ ދައްކާގޮތުން ކާމިޔާބު ކުރެވިފައިވަނީ އެންމެ 12 ގޮނޑިއެވެ. އަދި އެ ޕާޓީގެ ވެރިކަމުގައި މިނިސްޓަރުކަން ކުރެއްވި ހަތަރު ބޭފުޅަކު މި އިންތިޚާބުގައި ވާދަކުރެއްވިއިރު އޭގެ ތެރެއިން އެއްވެސް ބޭފުޅަކަށް އިންތިޚާބު ކާމިޔާބުނުކުރެވުނެވެ.

Ads by HDC
  1. ރާއްޖޭގައި މިއޮތީ ނަމުން ރިޔާސީ ބަހާއި ޢަމަލުން ބަރުލަމާނީ ނިޒާމް، ކޮންމެ ރައީސަކު މަޖިލިސް ހޯދަން އުޅެނީ އެހެންވީމަ !

  2. ވަގުންނޭ

    ފެންދީފައި ކަތިލާނީ އެތަން މިފެންނަނީ އަދި ތަމެންނަށް ދައްކުވާނެ މީގެ އަނެއް ކޮޅު ބަލަން ތިބޭ ބަޔަކަށް އެތަން ފެންނާނެއޭ މީ ދުނިޔޭގެ ތަޖްރިބާއޭ ތިޔާ ގޮތަށް ފުއްޕާފައި މީހަކު އުޅުނު ވާތަށް ނޭގި ކަނާތުން ކަންކުރާ މީހަކު މިއަދު އޭނާ އެއޮތީ އެފްރިކާގެ ޖަންގައްޔަކަށް ގޮސް އެތަނުގެ ގަސް ބަލަހައްޓަންދޯ ޔަގީނުން ވެސް އިނގޭ އެއްޗަކީ މިވެރިކަން ފެށުމުގައި ވަރަށް ބޮޑު ނުބައެއް މުއިއްޒުގެ ނިޔަތުގައިވާ ކަން އެކަން ދެން ރަނގަޅު ކުރެވޭނެ އެއްގޮތެއް ވެސް ނޯންނާނެއޭ އެހެވޭ އުޑުގައި ޖެހިފައި ބިމުގައި ޖެހިފައި ތަމެން ފެލުނަސް އެކަން އޮންނާނީ އެހެންނޭ އިނގޭތޭ…