ޚަބަރު

ބައްޕާފުޅާއި ދަރިކަލުން މަޖިލީހަށް؛ ސަލީމާއި ނައުފަލް ރިކޯޑް ފޮތަށް!

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
ސަލީމް އާއި ދަރިކަލުން ނައުފަލް: މި ދެބޭފުޅުންވެސް ވަނީ އިންތިހާބު ކާމިޔާބުކޮށްފައި

އިއްޔެ އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހަށް އަހްމަދު ސަލީމް (ރެޑްވޭވް ސަލީމް) އާއި ސަލީމްގެ ދަރިކަލުން އިބްރާހިމް ނަައުފަލް އިންތިހާބު ކާމިޔާބުކޮށް މަޖިލީހަށް ހޮވިވަޑައިގެންފިއެވެ.

Ads by STELCO

މިއީ ދިވެހި ރާއްޖޭގެ ބަރުލަމާނީ ހަޔާތުގެ ފަހުގެ ތާރީޚެއްގައި ބައްޕައަކާއި ދަރިފުޅު އެކީގައި މަޖިލީހަށް ހޮވުނު ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެއެވެ. ނަވާރަ ސަތޭކައިގެ އަހަރުތަކުގައި ޚާއްސަ މަޖިލީހުގައި ދަރިކަލުންނާއި ބަފައިކަލުން ތިއްބެވިއެވެ.

އިއްޔެ އޮތް އިންތިޚާބުގައި އަހްމަދު ސަލީމް ކާމިޔާބު ކުރެއްވީ މިހާރު ވެސް އެމަނިކުފާނު ފުރުއްވަމުން ގެންދަވާ އޭދަފުށި ދާއިރާގެ ގޮނޑިއެވެ. ސިޔާސީ މައިދާނަށް އަލަށް ނުކުންނެވި ދަރިކަލުން ނައުފަލް އިންތިހާބުވެވަޑަައިގެންފައި ވަނީ މުލަކު ދާއިރާ އިންނެވެ.

މިދެބޭފުޅުން ވެސް އިންތިޚާބުވެ ވަޑައިގަތީ ސަރުކާރުގެ މައި ޕާޓީ, ޕީއެންސީންނެވެ.

މި ފަހަރުގެ އިންތިހާބުގައި ކާށިދޫ ދާާއިރާގެ މެންބަރު އަބްދުﷲ ޖާބިރާއި އޭނާގެ ދޮށީ ފިިރިހެން ދަރިކަލުން އަހްމަދު މުއާޒް އަބްދުﷲ ޖާބިރު ވެސް ވާދަ ކުރެއްވި އެވެ. އެ ދެބެފައިންނަށް ކާމިޔާބީއެއް ނުހޯއްދެވުނެވެ.

Ads by Ooredoo
  1. ރިޔާސީ

    މިރާއްޖޭގައި އޮތީ ރިޔާސީ ނިޒާމެއް، ބަރުލަމާނީ ނިޒާމެއް ނޫން

    • އައިސަ

      މަގޭ ލޮލުގަވެސް އަޅައިގަނެއްޖެ ބަރުލަމާނީ ނިޒާމް އެ ކޮއްކޮމެން އެވަރަށް ނޫސް ލިޔާއިރުވެސް މައުލޫމާތު ހަމަ ކޮށީ

  2. ފައިސާ ފޮތި އެއީވެސް އިންތިހާބު ވަޒަން ކިރާއެއްޗެއް، މިރާއްޖޭގައި އޮތީ ނަމުން ރިޔާސީ ބަހާއި އަމަލުން ބަރުލަމާނީ !

  3. ވަގުންނޭ

    ގަމާރު ބީތާ އެއް ހިއްސު މަދު ދަކިއްލި ތަޅާ ކިޔަވައިގެން ތިބި ދިވެހިންގަނޑު ޓްވިޓަރ އަށް އަރާ ޗެޓްޖީޕީޓީ އިން އިނގިރޭސި ލިޔެގެން ބްރޯކެން އިންގްލިޝް އިން ވާހަކަ ދައްކާ އަދި އެމްޑީޕީ އިސްތިއުފާ އަށް ގޮވާނީ އެ ބަތާހަރާމީން ތައް މިންވަރަށް އީމާން ނުވާތީއޭ އެހެންނޫންތޭ ވާނީ ކިޔެވުމުގައި ވެސް ހެދީ މަކަރާއި ހީލަތް ވިއްޔާދޯ އޮޓޯ ޕްރޮމޯޝަން ގައި އޯލެވެލް އާއި ހަމައަށް ކިޔެވޭތީވެ އެބަގަ ގްރޭޑް 10 އާއި ހަމައަށް އައީ މެރިޓް ބޭސްޑް އުސޫލުން ޓެސްޓް ހެދިނަމަ އެބަގަ ތައް ގްރޭޑް 7 އިން ޖެހޭނީ ގެއަށް ކަނޑާލާށޭ ދެން މިވަރުގެ ބަގަތައް ބުނެގެން އެމްޑީޕީ ބޮޑުންތައް ނުޖެހޭނެއޭ އިސްތިއުފާ ދޭން ތަމެން އަމާގާތު އަހާބަލަ ތަމެން އަމާ ނުވަތަ ބަފާ ތަމެންނަށް ކިޔަވާ ނުދީ މީހުންނާއި އިންނަމުން ދުވުމުން އޭނާ އަމާ ނުވަތަ ބަފާ ގާތު ބުނަންވީ ނޫންތޭ އެމެން އަމާ ނުވަތަ ބަފާގެ މަގާމުން އިސްތިއުފާ ދޭށޭ ގަމާރުންނޭ ބީތާއިންނޭ ތަމެން މަހަށްދޭބަލަ މަހަށް މަހަށް މަހަށް މަހަށް މަހަށް ދޭބަލަ އެއް ހިއްސު މަދު ގަމާރު ބީތާއިންނޭ…