ލައިފްސްޓައިލް

ލޯބިވެރިޔާ ވަގުބިޓުން ގެންގުޅޭތޯ ޔަގީން ކުރަން ބޭނުންތަ؟ މިކަންކަން ކޮށްލާ !

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

ލޯތްބަކީ ޒާތެއްގެ އެއްޗެކެވެ. އެކަކު އަނެކަކު ދީވާނާ ކޮށްލާ އެއްޗެކެވެ. ލޯބީގެ ތަޅުދަނޑިއަކީ އިތުބާރު ކަމުގައި ބުނާ އަޑު އަހަމުއެވެ. ލޯބީގައި ދެމީހުން ގުޅި އެގުޅުމުގައި ގޮށް ޖަހާލަމުން ދެމީހުން ވެސް އެތަކެއް ވައުދުތަކެއް ވެއެވެ. އެކަކުގެ ހިތާމައަކީ އަނެކަކުގެ ވެސް ހިތާމަ ކަމުގައި ބުނެއެވެ. އަދި އެކަކުގެ އުފަލަކީ އަނެކަކުގެ އުފާކަމުގައި ވެސް ބުނެއެވެ. އެއްވެސްކަމެއް ސިއްރު ނުކުރުމަށް ދެމީހުން ވައުދުވެއެވެ.

Ads by Hajj Corporation

އެކަކު އަނެކަކު މިފަދައިން ވައުދާ އަހުދު ވެފައިވާއިރު، ދިރިއުޅުމެއް ފަށައިގެން އުޅޭއިރުގައި ދެމީހުން ދެމެދު މައްސަލަ ޖެހުން ގިނަވުމަކީ އެ ވީ ލޯބީގެ ދެމެދަށް ޝައްކު އުފެދޭނެކަމެކެވެ. އެކި އެކި ކުދި ކަންތަކުގައި ދެމީހުން ޒުވާބު ކުރުން ގިނަވާނެއެވެ. ހަގީގަތާއި ދޮގު ޔަގީން ކުރަން ނުކުޅެދޭނެއެވެ. ތިމާގެ ލޯބިވެރިޔާ ތިމާދެކެ ފޫހި ވާން ފަށާނެއެވެ. އެހެންމީހުނާއި ވާހަކަ ދައްކަން ފަށާނެއެވެ.

އެހެންނަމަވެސް މިފަދަ ކަންކަން ދެނެގަނެ ޔަގީން ކުރަން ބޭނުންނަމަ ކުރެވިދާނެ އެތަކެއް ކަމެއް އޮވެއެވެ. ތިމާގެ ލޯބިވެރިޔާ މާ ގިނަވަގުތު ފޯނުގައި ހޭދަ ކުރާ ކަމުގައި ވަނީ ނަމަ ޝައްކު ކުރެވޭނެއެވެ. އަދި ތިމާއަށް ފޯނު ދިނުމަށް ޖެހިލުން ވެސް ވާނެއެވެ. އެހިސާބުން އޭގައި ގޯހެއް އުޅޭ ކަމުގެ ހިލަމެއް ވެސް ވާން ފަށާނެއެވެ. އެކަކު އަނެކަކަށް އެއްވެސް ކަމެއް ސިއްރު ނުކުރުމަށް ވީ ވައުދުތަކާއި ޚިލާފު ވެވެނީތާއެވެ.

ހަމައެއާއިއެކު، ތިމާގެ ލޯބިވެރިޔާ މާ ގިނައިން ބޭރުގައި އުޅޭ ނަމަ، އޭނާ އުޅޭ ތަނަކާއި، ކުރާ ކަމެއްވެސް ތިމާއަށް އެނގެން ޖެހޭނެއެވެ. ލޯތްބަކީ މިއީއެވެ. ބައެއް މީހުނަށް ހީވެފައިއޮންނަނީ ތިމާއަކީ މާއޯވަރ ޕްރޮޓެކްޓިވްމީހެއް ގޮތުގައެވެ. އެކަމު އެއީ ތިމާދެކޭ ގޮތުގައި ތިމާއަށް އެނގިފައި އޮންނަން ޖެހޭ މައުލޫމާތު ތަކެކެވެ. ނޫނީ ޝައްކު އުފެދުމަކީ ވުން އެކަށީގެންވާ ކަމެކެވެ.

ދޮގު ހެދުމަކީ ދެމީހެއްގެ ދެމެދަށް ހަމަނުޖެހުން އުފައްދާ އެންމެ ބޮޑު އެއް ވަބާއެވެ. ތިމާގެ ލޯބިވެރިޔާއަށް ދޮގު ހަދާނަމަ ދެމީހުން އެއްކޮށް އުޅުމުގެ އެއްވެސް ބޭނުމެއް ނެތެވެ. ކުރަމުން ދިޔަ އިތުބާރު ގެއްލޭކަށް މާގިނަ އިރުތަކެއް ނުނަގާނެއެވެ. ހެދެމުންދާ ދޮގުތަކެއްގެ މައްޗަށް ތިމާގެ ދިރިއުޅުން ބިނާ ކުރުމަށް ތިމާ ބޭނުން ނުވާނެ ކަންޔަގީނެވެ.

މީގެ އިތުރުންވެސް ތިމާގެ ލޯބިވެރިޔާ ތިމާއަށް ބޭވަފާތެރިވާކަން ދެނެގަނެވޭނެ އެތައް ގޮތެއް ވާނެއެވެ. މިފަަދަ ކަންކަން ވަމުން ދާ ނަމަ މުޖުތަމައުގައި އެއްވެސް މީހަކަށް އިތުބާރު ކުރުމަކީ އުނދަގޫ ކަމަކަށް ވެގެން ހިނގައިދާނެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!