ޚަބަރު

އޮންލައިންކޮށް ވިނަރެސް ފްލެޓްތައް ގަންނަން ހުށަހެޅި ފޯމުތައް ބާތިލް

ފާރިހާ ޢަދުނާން ، ދެން އޮންލައިން

އޮންލައިންކޮށް ވިނަރެސް ފްލެޓްތައް ގަންނަން ހުށަހެޅި ފޯމުތައް ބާތިލްކޮށްފިއެވެ.

Ads by STELCO

ހައުސިންގް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނީ 5 ނޮވެމްބަރ 2023 ގައިއޮންލައިން ޕޯޓަލް މެދުވެރިކޮށް ވިނަރެސް މަޝްރޫއުއިން އެޕާޓްމަންޓް ގަތުމަށް ހުޅުވާލި ފުރުސަތުގައި ހުށަހެޅި ފޯމުތައް ބާތިލްކޮށްފައިވަނީ، ފޯމް ހުށަހެޅުމަށް ޓެކްނިކަލް މައްސަލަތަކެއް ދިމާވެފައި ވާތީ ކަމަށެވެ. އަދި އެކަމުގެ ޝަކުވާތަކަށް ރިޔާއަތް ކުރުމަށް ފަހު ކަމަށެވެ.

މީގެ އިތުރުން، އެޗްޑިސީއިން ބުނީ, ހުޅުމާލޭގައި ފްލެޓް އިމާރާތް ކުރުމަށް ފަށާފައިވާ އެކިއެކި މަޝްރޫއުތަކުން އެޕާޓްމަންޓް ގަތުމަށް ފައިސާ ދައްކައި، އެހެން ނަމަވެސް ތަފާތު ސަބަބުތަކާ ހުރެ މަޝްރޫއު ކުރިއަށް ނުގޮސް ހުއްޓިފައި ވުމުން ބޯހިޔާވަހިކަން ލިބިފައިނުވާ ގިނަ ފަރާތްތަކެއްގެ ޝަކުވާ އެ ކޯޕަރޭޝަނަށް ތަކުރާރުކޮށް ލިބެމުންދާ ކަމަށެވެ.

އެހެންކަމުން، އެ ފަރާތްތަކަށް ބޯހިޔާވަހިމެއް ހޯދައި ދިނުމަށް މިހާރުގެ ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން ވިނަރެސް މަޝްރޫއުގެ ތެރެއިން ފުރުސަތު ތަނަވަސްވާ މިންވަރަކުން ހައްލު ހޯދައި ދިނުމަށް މަސައްކަތް ކުރަމުން ދާތީ، ވިނަރެސް އެޕާޓްމަންޓް އިތުރަށް ނުވިއްކާނެ ކަމަށް ބުނެފައިވެއެވެ.

ވިނަރެސް އެޕާޓްމަންޓް ވިއްކުމުގެ ނަމުގައި އޮޅުވާލައިގެން ފައިސާ ހޯދަން މަސައްކަތް ކުރާކަން އެޗްޑީސީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އަދި އެފަދަ ކަންކަމަށް ސަމާލުވުމަށް އެޗްޑީސީއިން އިލްތިމާސް ކޮށްފައިވެއެވެ.

Ads by Allied Insurance
  1. މަޖާ

    ހެއްވާ ވާހަކައެއްތީ. ތިވެސް ގޮސްކަމެއް ހައްގު ކޮބާ.. ހުސްބިން ތައް ހިލޭ ބެހީ. ކޮބާ ފޮލެޓް ލިބުނު މީހުންގެ ހައްގު…. 2.2 މިލިއަަން ކޮތަރުކޮއްޓަށް ދައްކާން ޖެހޭ. މިއަގު ކުޓަކުރަނޫ ކޮންއުރަކުން. ބޭއިންސާފެއް

    • ގަމޯ

      ވަރައްދެރަ ސަރުކާރުން ތިކުރީ. ވަކިބަޔަކައް ދިނުންތީ. ފުލެޓް ލިބޭކުދިންނަށް ގެއްލުންހެން ހީވަނީ. 7 އަހަރައް ކުލި ދިގުކޮށް ކޮށްފަ ކުލިކުޑަކުރީ އޭގެފުހުން އަނެއްކާވެސް _/8500ރ ބައެއް މީހުން ރަގަޅު ކިޔަނީ.. ވަރައްވެސް ގެއްލުން. ދަރިންބައްޓަކައި ކުލި ކުޑަކޮށްދީ ޖުމަލަ ކުލިން…..