މަސައްކަތްތެރިންގެ ހައްގުތައް ރައްކާތެރިކުރުމުގައި އެމްޑީޕީން ދެމިތިބޭނެ: ސޯލިހު

މަސައްކަތްތެރިންގެ ހައްގުތައް ރައްކާތެރިކުރުމުގައި އެމްޑީޕީން ދެމިތިބޭނެ ކަމުގެ ޔަގީންކަން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެއްވައިފިއެވެ.
މިއަދު ފާހަގަކުރަމުން އަންނަ މަސައްކަތްތެރިންގެ ދުވަހުގެ ތަހުނިޔާ ފޮނުއްވަން މިއަދު ''އެކްސް'' ގައި ސޯލިހު ވިދާޅުވީ، މަސައްކަތްތެރިންގެ ހައްގުތައް ރައްކާތެރިކުރުމަށް އެމްޑީޕީން ކޮށްފައި ވަނީ ފަހުރުވެރިވާ މަސައްކަތެއް ކަމަށެވެ.
އޭގެ ތެރޭގައި މިނިމަމް ވޭޖު ބިލާއި ގާނޫނަށް ގެނެވުނު އެހެން ބައެއް އިސްލާހުތައް އެމަނިކުފާނު ފާހަގަކުރައްވާފައިވެއެވެ.
ސޯލިހު ވަނީ މަސައްކަތްތެރީންގެ ހައްގުތައް ފުރިހަމައަށް ރައްކާތެރިކުރުމަށް ކުރަން ޖެހޭ ކަންކަން ކުރުމުގައި އެމްޑީޕީން އަބަދުވެސް ތިބޭނެ ކަމުގެ ޔަގީންކަން މި ދުވަހާ ގުޅިގެން ދެއްވައުފައެވެ.
މަސައްކަތްތެރިންގެ ދުވަހުގެ ގޮތުގައި ނުވަތަ މޭ ޑޭ ގޮތުގައި ފާހަގަކުރަމުން އަންނަނީ ކޮންމެ އަހަރެއްގެ ވެސް މެއި މަހުގެ އެއް ވަނަ ދުވަހެވެ.
ހުރިހާ ޙައްގެއް ގެއްލުވާލީވެސް ޗޯރޭ