ޚަބަރު

ފަލަސްތީނުގެ ހައްގުގައި، ވީޓޯގެ ބާރު އުވާލަން ރާއްޖެއިން އދ. ގައި ގޮވާލައިފި

އައިކާ ޔުނާން ، ދެން އޮންލައިން

ފަލަސްތީނުގައި އިޒްރޭލުން ނަސްލު ނައްތާލުމަށް ހިންގަމުން އަންނަ ލާ އިންސާނީ އަމަލުތައް ހުއްޓުވުމަށް އަޅާ ފިޔަވަޅުތައް އެންމެ ގައުމެއްގެ ވޯޓުން ހުއްޓުވޭ ގޮތަށް އޮންނަ "ވީޓޯ"ގެ ބާރު އުވާލަން އ.ދ. ގައި އާންމު މަޖިލީހުގައި ރާއްޖެއިން ގޮވާލައިފިއެވެ.

Ads by Hajj Corporation

ރާއްޖެއިން މިކަމަށް ގޮވާލާފައިވަނީ އދ. ގެ އާންމު މަޖިލީހުގެ 78 ވަނަ ބައްދަލުވުމުގައި އިއްވި ބަޔާނުގައެެވެ. މި ބަޔާން އިއްވާފައިވަނީ ގެދޮރުވެރިކަމާ ބެހޭ ވަޒީރު ޑރ. އަލީ ހައިދަރު އެވެ.

ރާއްޖޭގެ ބަޔާނުގައި ފަލަސްތީނުގެ ހައްގުގައި އ.ދ. ގެ ސަލާމަތީ މަޖިލީހުން ފިޔަވަޅު އެޅުމަށް އެންމެ ވޯޓަކުން ހުރަސް އެޅޭ ގޮތަށް އޮތުމަކީ ލަދުވެތިކަމެއްގެ ގޮތުގައި ފާހަގަކުރައްވައިފައެވެ.

ވަޒީރު އިޝާރާތް ކުރެއްވީ އެމެރިކާ ވަނީ ސަލާމަތީ މަޖިލީހާ ހިސާބުން ވީޓޯ ބޭނުންކޮށްގެން އދ. ގެ މެމްބަރުކަން ފަލަސްތީނަށް ދިނުމަށް އާންމު މަޖިލީހާ ހިސާބަށް މިދިޔަ މަހު ގެންދިއުމުގެ ކުރިން ހުއްޓުވުމަށެވެ.

ވަޒީރު ވިދާޅުވީ, ވީޓޯއާ އެކު އދ.ގެ ސަލާމަތީ މަޖިލީހުން ވަނީ ފަލަސްތީނުގެ ނަސްލު ނައްތާލުމަށް ހިންގާ ޖަރީމާ ހުއްޓުވަން ނުކުޅެދިފައިވާ ކަމަށާއި އެ ވޯޓާއެކު އ.ދ. ގެ ސަލާމަތީ މަޖިލިސް ފެއިލު ވެއްޖެ ކަމަށެވެ.

ބަޔާނުގައި ވަޒީރު އިތުރަށް ވިދާޅުވީ, ފަލަސްތީނުގެ ބިންތަކުގައި އިޒްރޭލުން ހިންގަމުންދާ ލާއިންސާނީ އަނިޔާތައް ދުނިޔޭގެ ތާރީހުގައި ލިޔަމުންދާ ކަމަށާއި އެއީ ނުވާ ކަމަކަށް އަޑު ނީވޭ ކަމަކަށް ހަދައިގެން ތިބެެވެން ނެތް ކަމަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!