އެފްޑީސީގެ އާ ލޯގޯ އިފްތިތާހުކޮށްފި

ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑްް (އެފްޑީސީ) ގެ އައު ލޯގޯ އިފުތިތާހު ކޮށްފިއެވެ.
ރޭ ކްރޮސްރޯޑް ގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ކުންފުނީގެ އާ ލޯގު އިފްތިތާހުކޮށްދެއްވީ ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފްއެވެ.
އެ ހަފުލާގައި އެފްޑީސީން ކުރަމުން ގެންދާ މަސައްކަތްތަކާއި، އެކި މަޝްރޫއުތަކުގެ ވީޑިއޯ ޕްރެޒެންޓޭޝަނެއް ދައްކާފައިވެއެވެ. އަދި މިހާރު ފަށާފައިވާ ހައުސިން ޔުނިޓުތަކުގެ މަސައްކަތްތައް ބާރު ދުވެއްޔެއްގައި ނިންމުމަށްޓަކައި ކުރަމުންދާ މަސައްކަތްތައް ކުންފުނީގެ ފަރާތުން ހިއްސާ ކުރިއެވެ.
އެ ހަފުލާގައި ނައިބު ރައީސް ވަނީ "ކޮލިޓީ އެޝުއަރަންސް އެވޯޑު" ހާސިލުކުރި ފަރާތަށާއި، "އައުޓްސްޓޭންޑިންގ ކޮންޓްރިބިއުޓާ އެވޯޑު" ހާސިލުކުރި ފަރާތަށް އެ އެވޯޑުތައް ހަވާލުކޮށްދެއްވާފައެވެ. ހަމަ އެއާއެކު އެ މަނިކުފާނު ވަނީ "އެމްޕްލޯއީ އޮފް ދަ އިޔާ އެވޯޑު" ހާސިލުކުރި ފަރާތަށް އެ އެވޯޑުވެސް ހަވާލުކޮށްދެއްވާފައެވެ.

ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ގާނޫނު ގެ 95 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިހްތިޔާރުގެ ދަށުން، ރައީސުލްޖުމްހޫރިއްޔާ ''ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑް" ގެ ނަމުގައި ސަރުކާރުގެ ކުންފުންޏެއް އުފައްދަވާފައިވަނީ 2019 ވަނަ އަހަރުގެ މާޗު މަހުގެ 12 ވަނަ ދުވަހުއެވެ.
100 އިންސައްތަ ސަރުކާރު ހިއްސާވާ އެ ކުންފުނީގެ މައިގަނޑު މަގުސަދަކީ، އަތްފޯރާ ފަށުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ގޮތުން މުޅި ރާއްޖެއަށް އަމާޒުކޮށްގެން ހިންގާ، ބޯހިޔާވަހިކަމުގެ މަޝްރޫއުތައް އެއް ފުރާޅެއްގެ ދަށުން ކުރިއަށް ގެންދިއުމެވެ.
ކޮންމެ ބަޔަކު ވެރިކަމަށް އައިސް ބަލަނީ ކުންފުނި ތަކުގެ ނަމާއި ލޯގޯ ބަދަލުކުރަން،ގިނަކުންފުނި ތަކުގެ ނަމާއި ލޯގޯ ބަދަލު ކުރެވުނުވަރަކަށް ހިންގުންތެރިބަޔަކަށް ވާނީ.