Tuesday, 3 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ކުޅުދުއްފުށި ގެއެއްގެ ބަދިގޭގައި ރޯވެ އަނދައިފި

ކުޅުދުއްފުށި ގެއެއްގެ ބަދިގޭގައި ރޯވެ  އަނދައިފި

ހދ. ކުޅުދުއްފުށި ގެއެއްގެ ބަދިގޭގައި އަލިފާން ރޯވެ އަނދައި، ވަރަށް ބޮޑަށް ގެއްލުންވެއްޖެއެވެ.

އެމްއެންޑީއެފުން ބުނީ ކުޅުދުއްފުށި "ގޮންބުލިމާގެ" ބަދިގޭގައި ހިނގި އަލިފާނުގެ ހާދިސާ ގައި އެއްވެސް މީހަކަށް އަނިޔާވެފައިނުވާ ކަމަށެވެ.

ނަމަވެސް މިއަދު ހެނދުނު ރޯވި އަލިފާންގަނޑު ނިއްވާލެވުނުއިރު ބަދިގެއަށް ވަރަށް ބޮޑަށް ގެއްލުންވެފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

Advertisement
Ooredoo — Square (box)

ބަދިގޭގައި ރޯވާން ދިމާވި ސީދާ ސަބަބެއް އެނގިފައެއް ނުވެއެވެ.

ސިފައިން ބުނީ، ގޮންބުލިމާގެ ބަދިގޭގައި އަލިފާން ރޯވިކަމަށް އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ހދ.ކުޅުދުއްފުށީ ފަޔަ ސްޓޭޝަނަށް ރިޕޯޓްކޮށްފައިވަނީ މިއަދު ހެނދުނު 10:30 ހާއިރު ކަމަށެވެ.

އަލިފާން ނިއްވާލެވިފައިވަނީ 10:40 ހާއިރު ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް